ރާއްޖޭގެ ބައެއް ރަށްރަށަށް ވަރަށް ބޮޑަށް އުދައިގެ އަސަރު ކުރަމުން އެބަދެއެވެ.
އެގޮތުން ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ފޮޓޯ އަދި ވީޑިއޯތަކަށް ބަލާލާއިރު ރ. ކިނޮޅަސް، ރ. އިނގުރައިދޫ އަދި ޅ. ހިންނަވަރަށް އުދައަރަމުން އަންނަކަން ފާހަގަކޮށްލެވެއެވެ.
https://twitter.com/Muhuthaaru/status/1220034450601340930
މި ތިން ރަށަށް އުދައަރަމުން އަންނައިރު އުދައިގެ އެލާޓެއް މޫސުމާއިބެހޭ ގައުމީ އިދާރާއިން އަދި ނެރެފައެއް ނުވެއެވެ. ނަމަވެސް ވައި ގަދަވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފައިވެއެވެ.
ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން އިލްތިމާސްވެސް ކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް