ކުޑަ އަންހެން ކުއްޖަކު ބްލެކްމެއިލްކޮށް ރޭޕްކުރި ކަމުގެ ތުހުމަތުގައި ދިވެހި ފިރިހެނަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައިގާ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވަނީ މިރޭ އިރާކޮޅުގެ ވަގުތެއްގައެވެ. ހައްޔަރުކޮށްފައިވަނީ އުމުރުން 36 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މާލެއިން ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނައިރު، އުމުރުން ދެ އަހަރު ނުވާ ކުޑަ އަންހެން ކުއްޖަކު ރޭޕު ކުރުމުގައި އެ ކުއްޖާގެ ބައްޕަ އާއި ކާފަ އާއި މުނިކާފަ ބައިވެރިވެފައިވާކަން ފެންމަތިވުމާއެކު ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާ އާއި ރޭޕުގެ ގިނަ މައްސަލަތަކެއް ވަނީ ފެންމަތިވާން ފަށާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް