ރައީސް ސޯލިހް ހުކުރު ދުވަހު ލ.އަތޮޅަށް ވަޑައިގަންނަވަނީ

ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިހް މިއަންނަ ހޮނިހިރު ދުވަހު އޮންނަ ކޮކާ ކޯލަ ރަން އިން ލާމުގައި ބައިވެރިވުމަށް ލ.އަތޮޅަށް ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ. ރައީސް އޮފީހުގެ...

23 Jan 2019 | 10:32

ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިހް މިއަންނަ ހޮނިހިރު ދުވަހު އޮންނަ ކޮކާ ކޯލަ ރަން އިން ލާމުގައި ބައިވެރިވުމަށް ލ.އަތޮޅަށް ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވީ ރައީސް ސޮލިހް ގެ ދެކަނބަލުން މިއަންނަ ހުކުރު ދުވަހު ލ.އަތޮޅަށް ވަޑައިގަތުމަށް ހަމަޖެހިފައވާ ކަމަށެވެ. ރައީސްގެ ދެކަނބަލުން ލ. އަތޮޅަށް ވަޑައިގަންނަވަނީ ޓީއެފްޖީ އިން ލ.އަތޮޅުގެ ގުޅިފައިވާ ރަށްތަކުގައި ބޭއްވުމަށް ނިންމާފައިވާ ދުވުމުގެ ހަރަކާތް، " ކޮކާ ކޯލަ ރަން އިން ލާމު" ގައި ބައިވެރިވެ ވަޑައިގަތުމަށެވެ.

ރައީސް ސޯލިހަކީ ވެރިކަމަށް ވަޑައިގަތުމުގެ ކުރިންވެސް ޓީއެފްޖީގެ ޖިމް މެންބަރަކަށް ވާއިރު، އެތަނުން އިންތިޒާމްކޮށްގެން ބާއްވާ ދުވުންތަކުގައި އެމަނިކުފާނު ކުރިންވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.

ޓީއެފްޖީއިން ވަނީ މިދިޔަ 2018 ވަނަ އަހަރުވެސް  ކޮކާ ކޯލަ ރަން އިން ލާމު ދުވުން ބާއްވާފައެވެ. މިއަހަރުގެ ދުވުމުގައި ޖުމްލަ 800 އަށްވުރެ ގިނަ ދުވުންތެރިން ބައިވެރިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް