ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްއަށް ތާއީދު ކުރައްވާ ޕީޕީއެމް އަދި ކޮންގްރަސް ޕާޓީގެ މަޖިލިސް މެންބަރުން ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުން މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމާ ބައްދަލު ކުރައްވައިފި އެވެ.
ނިހާން ވަނީ މިއަދު ހެނދުނު ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ގާސިމް އިބްރާހިމާއި ބައްދަލުކުރައްވައި ފޮޓޯތަކެއް ޓުވީޓް ކޮށްފައެވެ. މި ފަހަކަށް އައިސް ޔާމީންގެ ޕާޓީގައި ހަރަކާތްތެރިވާ މެމްބަރުން އަންނަނީ ގާސިމަށް ތައުރީފުކޮށް ހަދާފައެވެ. ނިހާން ކުރެއްވި ޓްވީޓުގައި ވިދާޅުވީ ގާސިމަކީ އަޑު އައްސަވާ ހައްލު ހޯއްދަވައި ދެއްވުމުގައި ލާމަސީލު ބެފުޅެއް ކަމަށެވެ. އަދި އެމަނިކުފާނަށް ޝުކުރު ދަންނަވާ ކަމަށެވެ.
https://twitter.com/ahmed_nihan/status/1087960938538512384
ރައީސް ޔާމީންގެ މެމްބަރުން ގާސިމާއި ބައްދަލުކުރައްވައި، މި ދަނޑިވަޅަކީ ގާސިމްގެ ޕާޓީ ޖޭޕީއާއި އަދި އެމްޑީޕީ އާއި ދެމެދު އޮތް ކޯލިޝަން ތެރޭގައި ހަމަނުޖެހުންތައް އުފެދިފައިވާ ދަނޑިވަޅެކެވެ. ކޯލިޝަންގެ އެންމެ ބޮޑު ދެޕާޓީ ދެމެދު މައްސަލަތައް އުފެދިފައި މިވަނީ މަޖިލިސް އިންތިހާބާއި ގުޅިގެންނެވެ.
އެ މައްސަލާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ގާސިމާ ދެބޭފުޅުން ބަހުގެ ހަމަލާތަކެއް ބަދަލު ކުރަމުން ދާއިރު މިފަހުން ގާސިމް ވަނީ އެމްޑީޕީ ދޫކޮށް އެހެން ޕާޓީތަކާ ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށް ވިދާޅުވެފަ އެވެ. އަދި ޔާމީންގެ ދިފާއުގައި ވެސް ވާހަކަފުޅު ދައްކަވައިފަ އެވެ.
މަޖިލިސް އިންތިހާބުގައި ޕާޓީތަކުން ވާދަ ކުރަން ނިންމާފައިވާ ވަކި ގޮތެއް ރިޔާސީ އިންތިހާބުގެ ކުރިން ވަނީ ކަނޑައަޅައިފަ އެވެ. ނަމަވެސް އެމްޑީޕީ އިން ވަނީ އެއީ އެއްބަސްވުމެއް ކަމަށް ގަބޫލު ނުކޮށް، އެއާ ހިލާފަށް ހުރިހާ ދާއިރާއަކަށް ވާދަ ކުރަން ނިންމައިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް