އަންހެނުންގެ ދުވަހު ބާއްވާ އަންހެނުންގެ ހާއްސަ ދުވުމުގައި ރަޖިސްޓްރީ ވުމަށް ހުޅުވާލައިފި

ވިމެން އިން މެނޭޖްމަންޓް މޯލްޑިވްސް (ވިމް) އިން ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހު ބޭއްވުމަށް ތައްޔާރުވަމުން އަންނަ ހާއްސަ ދުވުން "ރަން ވިތް އަސް" ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ. މި ...

23 Jan 2019 | 05:54

ވިމެން އިން މެނޭޖްމަންޓް މޯލްޑިވްސް (ވިމް) އިން ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހު ބޭއްވުމަށް ތައްޔާރުވަމުން އަންނަ ހާއްސަ ދުވުން "ރަން ވިތް އަސް" ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މި އޮބްސްޓެކަލް ދުވުމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު ވިމް އިން މައުލޫމާތުދޭގޮތުގައި މި އަހަރުގެ ދުވުމަކީވެސް 3.75 ކިލޯމީޓަރުގެ ދުވުމެކެވެ. ކޮންމެ މީޓަރަކުން އޮބްސްޓެކަލަކާ ކުރިމަތިލާ ގޮތަށް ކުރިއަށްދާ މި ދުވުމުގައި ބައިވެރިން އިހްތިޔާރު ކުރާ ގޮތަކަށް އޮބްސްޓެކަލް ފުރިހަމަ ކުރެވޭނެކަމަށް ވިމް އިން ބުނެއެވެ. މިއީ މި ދުވުން ވިމް އިން ބާއްވާ ދެވަނަ އަހަރެވެ.

ވިމް އިން ބުނެފައިވާގޮތުގައި މި އަހަރުގެ ދުވުމުގެ އޮބްސްޓެކަލްތައް ހާއްސަ ކޮށްފައިވަނީ ބައިނަލް އަގްވާމީ އަންހެނުންގެ ދުވަހުގެ މިއަހަރުގެ ޝިއާރު ކަމަށްވާ "ބެލެންސް ފޯ ބެޓަރ ލައިފް" އާއި ގުޅޭ ގޮތަށެވެ.

މި ދުވުން މިދިޔަ އަހަރުވެސް ބާއްވާފައިވާއިރު މިދިޔަ އަހަރުގެ "ރަން ވިތް އަސް" ދުވުމުގައި ފަސް ހާހަށްވުރެ ގިނަ އަންހެން އަންހެނުން ބައިވެރިވެފައިވެއެވެ. ވިމް އިން ބުނެފައިވާގޮތުގައި މި އަހަރުގެ ދުވުމަކީވެސް ހަމައެކަނި އަންހެނުންނަށް ހާއްސަ ދުވުމެކެވެ. ދުވުން ވަކި އުމުރުފުރާއަކަށް ހާއްސަކޮށްފައިނުވާނެ ކަމަށްވެސް ވިމް އިން ބުނެއެވެ.

ވިމްގެ މި ދުވުމާއި ގުޅޭގޮތުން އިތުރު މައުލޫމާތު ހޯއްދަވަން ބޭނުންފުޅުނަމަ ވިމްގެ ހޮޓްލައިން 7946687 އަށް ގުޅުއްވުމުން އިތުރު މައުލޫމާތު ލިބިވަޑައިގަންނަވާނެކަމުގައިވެސް ވިމް އިން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް