މ. މަޑުއްވަރީގައި އުޅެމުންދިޔަ ބިދޭސީއަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.
ދުވަހަށް މައުލޫމާތުދެމުން އެ ރަށުން މައުލޫމާތުދިން މީހަކު ބުނީ ގެއްލިފައިވަނީ އެރަށުގެ ބޯޓުޔާޑެއްގައި މަސައްކަތްކުރަމުން އަންނަ ބަންގްލަދޭޝް ރައްޔިތެއް ކަމަށެވެ. އެކަން މިހާރު ކައުންސިލަށް ރިޕޯޓްކޮށްފައިވާއިރު ގެއްލިފައިވަނީ އިއްޔެ ކަމަށްވެސް ދުވަހަށް މައުލޫމާތު ދިން މީހާ ބުންޏެވެ.
އެރަށުން ބިދޭސީއަކު ގެއްލިގެން ހޯދަމުން އަންނަކަން ފުލުހުންވެސް ކަށަވަރުކޮށްދީފައިވާއިރު މައުލޫމާތު ލިބިފައިވާގޮތުގައި އެ ބިދޭސީ މީހާ އެންމެ ފަހުން ފެނިފައިވަނީ އިއްޔެ 11:00 ހާއިރުއެވެ.
އޭނާ ހޯދުމުގެ މަސައްކަތް ފުލުހުންގެ އެހީތެރި ކަމާއެކު އެ ރަށުގައި ކުރަމުން އަންނައިރު އޭނާ އެންމެ ފަހުން މަސައްކަތު އުޅުނު ސަރަހައްދާއި ދިމާ މޫދަށް ފީނައިގެންވެސް އަންނަނީ ބަލަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް