ރޯމާގެ އެޑިން ޖެކޯ އާއި އެމާސަން ވެސް ޗެލްސީއަށް؟

ޓީމުގައި ހުރި އެންމެ މުހިންމު އެއް ކުޅުންތެރިޔާ ކަމަށްވާ އެޑިން ޖެކޯގެ އިތުރުން އެމާސަން ވެސް ޗެލްސީއަށް ވިއްކާލުމަށް ރޯމާއިން އެއްބަސް ވެއްޖެ ކަމަށް ރިޕޯޓްތައް ބުނެފިއެވެ. ރޯމާއިން މި ދެ ކުޅުންތެރިން...

23 Jan 2018 | 04:57

ޓީމުގައި ހުރި އެންމެ މުހިންމު އެއް ކުޅުންތެރިޔާ ކަމަށްވާ އެޑިން ޖެކޯގެ އިތުރުން އެމާސަން ވެސް ޗެލްސީއަށް ވިއްކާލުމަށް ރޯމާއިން އެއްބަސް ވެއްޖެ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ރޯމާއިން މި ދެ ކުޅުންތެރިން ވިއްކާލަނީ ޖުމްލަ 60 މިލިޔަން ޔޫރޯއަށް ކަމަށާއި، ޗެލްސީއަށް ޖެކޯ އާއެކު އެއްބަސްވުންތައް ގާއިމް ކުރެވުމުން، މި ޓްރާންސްފާ ރަސްމީކޮށް އިޢުލާނު ކުރާނެކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.

ޖެކޯ ގެނައުމަށްޓަކާ ޗެލްސީން މޮރާޓާގެ ބެކަޕެއްގެ ގޮތުގައި ގެންގުޅޭ ބަޓްޝުއާއީ ރޯމާއަށް ދޫކޮށްލާނެކަމަށް ބެލެވުނު ނަމަވެސް ޓްރާންސްފާގެ އެއްބަސްވުމާ ހަމައަށް އަހިސްފައިވަނީ ޑީލްގައި ބަޓްޝުއާއީ ނުހިމަނައެވެ. އެހެންނަމަވެސް މޮރާޓާ އާއެކު ސެންޓަރ ފޯވާޑެއްގެ މަގާމަށް ވާދަކުރަން ޖެކޯ ލިބުމާއެކު، ބަޓްޝުއާއީ އެހެން ކްލަބަކަށް މި ޖެނުއަރީގައި ވިއްކާލާނެކަމަށް ބެލެވެއެވެ. އޭނާ ގަތުމަށް ސްޕެއިންގެ ސެވިއްޔާ އަދި ޖަރުމަނުގެ ޑޯޓްމަންޑް ޝައުޤުވެރިވެއެވެ.

ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރަށް ދަތުރުކޮށް އަދި އިޓާލިއަން ލީގުގެ ގަދަ ހަތަރެއްގެ އުންމީދު ބޮޑު ނަމަވެސް ރޯމާއިން މި ވަނީ އެ ޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔާ ވިއްކާލަން ނިންމާފައެވެ. ރޯމާގެ ޑިރެކްޓަރ އޮފް ފުޓްބޯލް މޮންޗީ މިދިޔަ އާދިއްތަ ދުވަހު ބުނެފައިވަނީ އޭނާ ކޮންމެ ދުވަހަކުމެ މަސައްކަތް ކުރަނީ ގެއްލިދާ ކުޅުންތެރިންގެ ބަދަލުގައި ޓީމަށް އެކަށީގެންވާ ރަނގަޅު ކުޅުންތެރިން ހޯދުމަށް ކަމަށެވެ. އަދި އޭނާގެ ވަޒީފާއަކީ ޓީމުގެ ވަރުގަދަ ކުރުންކަމަށް ވެސް ބުނެފައިވެއެވެ.

"އޭނާ (ޖެކޯ) ޓީމު ދޫކޮށްލައިފިނަމަ، އަހަރެމެން އެހެން ކުޅުންތެރިއަކު ގަންނާނަން" މޮންޗީ ބުންޏެވެ.

ކުރިން މެންޗެސްޓާ ސިޓީ އާއި ވޫލްފްބާގަށް ވެސް ކުޅުނު ޖެކޯ މިދިޔަ ސީޒަންގައި ވަނީ ރޯމާއަށް 29 ލަނޑު ޖަހައިދީ 9 އެސިސްޓް ހަދާފައެވެ. މި ސީޒަންގައި ލަނޑު ޖެހުން މަދު ނަމަވެސް އަދިވެސް ޖެކޯ އަކީ ރޯމާއަށް މި ސީޒަންގައި އެންމެ ގިނަ ލަނޑު ޖަހައިދީފައިވާ ކުޅުންތެރިޔާއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް