ތުރުކީން ސީރިޔާއަށް އަރައިގަތުން އދ އިން ކުށްވެރިއެއް ނުކުރި

ތުރުކީން ސީރިޔާގެ އަފްރީން އަށް ފައުޖު ތަކާއެކު ވައިގެ މަގުންނާއި އެއްގަމު މަގުން ސީރިޔާއަށް އަރާފައިވާއިރު މިކަމާއި ގުޅިގެން އދ ގެ ސެކިއުރިޓީ ކައުންސިލްގައި މަޝްވަރާ ކުރެވުނު ނަމަވެސް އދ ގެ ސެކިއުރިޓ...

22 Jan 2018 | 23:25

ތުރުކީން ސީރިޔާގެ އަފްރީން އަށް ފައުޖު ތަކާއެކު ވައިގެ މަގުންނާއި އެއްގަމު މަގުން ސީރިޔާއަށް އަރާފައިވާއިރު މިކަމާއި ގުޅިގެން އދ ގެ ސެކިއުރިޓީ ކައުންސިލްގައި މަޝްވަރާ ކުރެވުނު ނަމަވެސް އދ ގެ ސެކިއުރިޓީ ކައުންސިލުން އެކަން ކުށްވެރިއެއް ނުކުރި އެވެ.

އދގެ ސެކިއުރިޓީ ކައުންސިލްގެ ބައްދަލުވުމެއް އިއްޔެ ކުރިއަށް ގެންގޮސްފައިވާއިރު، ތުރުކީން ސީރިޔާގެ ކުރުދީންނާއި ދެކޮޅަށް ފަށާފައިވާ އޮޕަރޭޝަނާއި ބެހޭގޮތުން މަޝްވަރާ ކޮށްފައި ވެ އެވެ. ނަމަވެސް އެ އޮޕަރޭޝަން ހުއްޓާލުމަށްވެސް ގޮވާލާފައިއެއް ނުވެ އެވެ.

ތުރުކީން ސީރިޔާއަށް އަރައިގަތުން އދ އިން ކުށްވެރިކޮށްފައިނުވާއިރު ތުރުކީން ބުނެފައިވަނީ އެ ފައުޖުތަކުގެ މަގްސަދަކީ ހަނގުރާމައެއް ކުރުން ނޫން ކަމަށާއި ތުރުކީގެ މަގްސަދަކީ ސީރިޔާގައި ތިބި ތުރުކަމަން ނަސްލުގެ މީހުންނަށް ކުރުދީންގެ ކިބައިން ސަލާމަތާއި ރައްކާތެރިކަން ހޯދައިދިނުން ކަމަށެވެ. ތުރުކަމަން ނަސްލުގެ މީހުންނަކީ ތުރުކީ ދަރިކޮޅަށް ނިސްބަތްވާ ބައެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް