ކާފަ ގާތު މާމަ ބުނަނީ އައިސްތުމެންވެސް މިހާރު ވަކިން ކައްކަން ފަށައިފި ކަމަށެވެ. ކާފަގެ ސުވާލަކަށްވި މި ސުވާލެވެ. އެއް ގެއެއްގައި މިހާރު ދެ ބަދިގެ ހެއްޔެވެ؟
އާނއެކެވެ. މިއީ މުޖްތަމައުގައި މަދުން ނޫނަސް ފެންނަމުން އަންނަ މަންޒަރެކެވެ. އެއް ގެއެއްގައި އެއް އާއިލާއަކަށް ނިސްބަތްވިނަމަވެސް ވަކިން ކައްކާ ކަމެވެ. އެކި ކަންކަން ވަކި ވަކިން ކުރާ ކަމެވެ. އިންޓަނެޓުވެސް ވަކީން ލާ ކަމެވެ.
އުރީދޫއާއެކު ކާފަގެ ޕާސްވޯޑުގެ ވާހަކައިން ކުރިއަށްދަމާ ހިނގާށެވެ. ހަމަ އެއް ގެއެއްގައި ދެ ބަދިގެއެކެވެ. ކާފައާއި މާމަ ކައްކަނީ ވަކިންނެވެ. ދެ ދަރިން މީހުނާ އިނދެގެން އެ އުޅޭއިރު އަންހެން ދަރި އަދި ފިރިހެން ދަރީގެ އަންހެނުންވެސް އެ ކައްކަނީ ވަކިންނެވެ. ކާ މޭޒަށް ކާން އަރަނީވެސް ވަކި ވަކިންނެވެ.
ހެނދުނު ހެނދުނާ ކާފަ ސައިކަލުގައި އެ ގެއަށް އައިއިރު ކާފަ ދަރި އެއިނީ ލެޕްޓޮޕް ހިފައިގެން ފާރުބުރި މަތީގައެވެ. އެއީ ކުރިމަތީގައި ހުރި ގޭގެ ފާރުބުރިއެކެވެ. ކާފަ ގޮސް ކުރަނީ ކީއްހޭ އަހާލުމުން ކާފަ ދަރި އެދުނީ ކާފަގެ ފޯނު ދިނުމަށެވެ. އެއީ ކީއްކުރަން ހޭ އެހުމުން ކާފަ ދަރި ބުނަނީ އެއީ ވައިފައި ޕާސްވޯޑް ހޯދާލަން ކަމަށެވެ.
"އާނީ ދީބަ ތިގޭ ވައިފައި ޕާސްވޯޑް؟" "ހިތްފަސޭހަދޯ" "ނޯ ކެޕްސް؟" ކާފަ ދަރި ވަގުތުން ޕާސްވޯޑު ޖަހާލައި ނެޓަށް ވަދެ ބްރޯޒް ކުރަން ފަށައެވެ.
ކާފަ: މިހާރު ނެޓަށް ވަދެވުނީތަ ދަރިފުޅު؟
ކާފަ ދަރިފުޅު: އާނ! ކާފަ ކީއްވެތަ ގޭގަ ނެޓު ނުހުންނަނީ، މިގޭ އެންމެ އުޅެނީ އެއްކޮށް ވައިފައިގަ!
ކާފަ ދަރިފުޅުގެ އެ ވާހަކައިން ކާފަ މޮޅު ވިސްނުމެއް ވިސްނައެވެ.
ވަގުތުން އުރީދޫގެ މައި އުރީދޫ އެޕް ހުޅުވާލައި އުރީދޫ ސުޕަރ ނެޓް ހިޔާރު ކޮށްލައި އުރީދޫގެ އެމް-ފައިސާއިން އޮންލައިން ކޮށް ޕޭކޮށްލައި ކާފަގެ އެ މޮޅު ހިޔާލަށް އަމަލީ ސިފަ ގެނެއެވެ.
އެއީ ޏ .ފުވައްމުލަކެވެ. ކާފަ އަށް މާ ގިނަ އިރު އިންތިޒާރު ކުރާކަށް ނުޖެހުނެވެ. މާ ގިނަ އިރުތަކެއް ނުވެ އުރީދޫގެ މުވައްޒަފަކު އެ ގެއަށް ދިޔައެވެ. ކަނެކްޝަން ގުޅާނޭ ސާމާނު ހިފައިގެންނެވެ.
"ތިޔައައީ ނެޓުލާންދޯ؟" "އަވަހަށް ހިނގާ އެތެރެއަށް" ކާފަގެ މިޝަން ކާމިޔާބު ކަމާއެކު ފެށިގެން ކުރިއަށް ދިޔައެވެ.
100 އެމްބީޕީއެސްގެ ކަނެކްޝަންގެ ވާހަކަ ދައްކަމުން ގޮސް ވައިފައި ލާ ނިމުނު ހިސާބުން ވައިފައި ޕާސްވޯޑު ޖަހާ ހިސާބަށް ގޮއްސިއެވެ.
"ހަމަ އެ ޕާސްވޯޑުތަ ޖަހަންވީ؟" އުރީދޫގެ މުވައްޒަފު ސުވާލު ކުރެއެވެ.
"އެ ޕާސްވޯޑު ޖަހައިދީ" "އެކަމަކު ނޯ ކެޕްސް" ކާފަ ބުނެލައެވެ.
ގޭގައި ހުރި ސްމާޓް ޓީވީ އޮންކޮށްލައި، އޭގެން ނެޓްފްލިކްސް އަޅުވާލައި، އާއިލާއެއްގެ އެއްބައިވަންތަކަން ފުރިހަމައަށް ދައްކުވައިދޭ ހިންދީ ފިލްމެއް ކަމުގައިވާ ހަމް ސާތު ސާތުހޭގެ ތީމް ލަވަ، ހަމް ސާތު ސާތުހޭ އަޅުވާލައެވެ.
ގެއަށް އިންޓަނެޓު ލީހޭ؟ ކާފަ ދަރި އައިސް އަހާލައެވެ. ދަރިންވެސް އައިސް ކޮށްލަނީ ހަމަ އެ ސުވާލެވެ. އެ ސުވާލާއެކު ދެން އައީ ވައިފައި ޕާސްވޯޑަކީ ކޮބައިތޯ؟ އެހި ސުވާލެވެ.
ވައިފައި ޕާސްވޯޑަކީ "ehbadhigeakunkakkaaekuveriaailaa" ނޯ ކެޕްސް ކަމަށް ކާފަ ބުންޏެވެ. އެ ހިނދު އާއިލާގެ މެމްބަރުންގެ މޫނުމަތިން ހިތާމައިގެ މަންޒަރު ފެނިގެންދެއެވެ. އަދި އެކުދިންގެ ބައްޕަ އަދި ގޭގައި އެތިބަ ކުޑަ ދެކުދިންގެ ކާފަގެ ވައިފައި ޕާސްވޯޑުން ދިން މެސެޖަކީ ކޮބައިކަން އެ ކުޑަކުޑަ އާއިލާއަށް އެނގިގެންދިޔައެވެ .
މަންޒަރު ބަދަލުވެ މަންމަ އާއި ދަރިފުޅާއި ޅީ ދަރި ކައްކަން އެތިބީ އެއް ބަދިގެއެއްގައެވެ. މުޅި އާއިލާގެ އެންމެން ކާން އެތިބީ އެކީގައި އެއް މޭޒެއް ދޮށުގައެވެ.
"އެއް އާއިލާއާއެކު، އެއް އިންޓަނެޓުގެ އުފާވެރިކަން" "100 އެމްބީޕީއެސް ހަލުވި ސްޕީޑާއެކު އުރީދޫ ފިކްސް ބްރޯޑްބޭންޑް"
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް