އައްޑޫ ފުޓްބޯލް ޗެމްޕިއަންޝިޕްގައި ބައިވެރިވި 6 ޓީމު ދެ ގްރޫޕަކަށް ބަހާލައި، ގުރު ލައިފި

އައްޑޫ ފުޓްބޯލް ޗެމްޕިއަންޝިޕްގައި ބައިވެރިވި 6 ޓީމު ދެ ގްރޫޕަކަށް ބަހާލައި، ގުރު ލައިފިއެވެ. އައްޑޫސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ މި މުބާރާތުގެ ގްރޫޕް އޭގައި ހިމެނެނީ ބޭރުމަތި އެފްސީ، މު...

22 Dec 2019 | 11:04

އައްޑޫ ފުޓްބޯލް ޗެމްޕިއަންޝިޕްގައި ބައިވެރިވި 6 ޓީމު ދެ ގްރޫޕަކަށް ބަހާލައި، ގުރު ލައިފިއެވެ.

އައްޑޫސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ މި މުބާރާތުގެ ގްރޫޕް އޭގައި ހިމެނެނީ ބޭރުމަތި އެފްސީ، މުލިމަތި އަދި ގޯދިއްޔާއެވެ. ގްރޫޕް ބީގައި ހިމެނެނީ ޒެފިޔާ، ފޭދޫ ސްޕޯޓްސް އަދި ކްލަބު ރިވެރިން އެވެ.

ކޮންމެ ގްރޫޕަކުންވެސް އެންމެ ގިނަ ޕޮއިންޓު ހޯދާ ދެ ޓީމު ސެމީއަށް ދަތުރުކުރާގޮތަށް ކުޅޭ މި މުބާރާތް މި މަހުގެ 26 ގައި ފަށާ އިރު، ފައިނަލް އޮންނާނީ އަންނަ ޖެނުއަރީ މަހުގެ 11 ވަނަ ދުވަހުއެވެ.

ފުރަތަމަ މެޗުގައި ބޭރުމަތި އާއި މުލިމަތި ބައްދަލުކުރާ އިރު، މި މުބާރާތް ކުޅޭނީ އައްޑޫ ފުޓްބޯޅަ ސްޓޭޑިއަމްގައެވެ.

އައްޑޫ ޒުވާނުންގެ މެދުގައި އެއްބައިވަންތަކަން އަށަގަނުވައި ކުޅިވަރުގެ ރޫޙް އާލާކޮށް އައްޑޫގައި ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިން އުފައްދައި ވާދަވެރި މާހައުލެއްގައި އެކުޅުންތެރިންނަށް ކުޅުމުގެ ފުރުސަތު ހޯދައިދިނުމަށް ބާއްވާ މި މުބާރާތަށް އައްޑޫ ކައުންސިލުން ވަނީ 1 ލައްކަ ރުފިޔާ ހަމަޖައްސާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް