މޯލްޑިވްސް ބިޒްނަސް އެވޯޑްސްގައި "ބިޒްނަސް އޮފް ދަ އިޔަރ" އެވޯޑް އުރީދޫ މޯލްޑިވްސް ހާސިލުކޮށްފިއެވެ. މީގެ އިތުރުންވެސް އިތުރު ތިން އެވޯޑެއް އެ ކުންފުނިން ރޭގައި ހާސިލުކޮށްފައިވެއެވެ.
ކްރޮސް ރޯޑް މޯލްޑިވްސްގައި ރޭ ބޭއްވި އެވޯޑް ހަފްލާގައި މި އެވޯޑް ހަފްލާގައި އުރީދޫއަށް "ބިޒްނަސް އޮފް ދަ އިޔަރ" ގެ އިތުރުން ލިބުނު އެވޯޑްތަކަކީ "ސީއެސްއާރު އޮފް ދަ އިޔަރ" ގެ އެވޯޑާއި "އެކްސެލެންސް އިން އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން" އެވޯޑުގެ އިތުރުން "އެކްސެލެންސް އިން ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް" އެވޯޑެވެ.
އެ ހަފްލާގައި ވާހަކަ ދައްކަމުން އުރީދޫގެ ޑިރެކްޓަރ ސޭލްސް، ޑިސްޓްރިބިއުޝަން އެންޑް ބްރޭންޑް ހުސެއިން ނިޔާޒު ވިދާޅުވީ މި އެވޯޑުން އިތުރު ހިތްވަރެއް ލިބިފައިވާ ކަމަށާއި މި އެވޯޑުތަކުގެ ހަގީގި ހައްގުވެރިންނަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ދިވެހި ރައްޔިތުންގެ މަންފާއަށްޓަކައި ރެއާއިދުވާލު މަސައްކަތް ކުރި މުވައްޒަފުން ކަމަށެވެ.
ބިޒްނަސް އެވޯޑްސް އަކީ ޕަބްލިކް ރިލޭޝަންސް އަދި ބިޒްނަސް މެނޭޖްމަންޓް ކުންފުންޏެއް ކަމުގައިވާ ބްލޭޒަން އިން ކޮންމެ އަހަރަކު ކުރިއަށްގެންދާ އެވޯޑެކެވެ.
މި އަހަރުގެ ބިޒްނަސް އެވޯޑްސްގައި 29 ކެޓަގަރީއަކުން އެކި ފަރާތްތަކަށް އެވޯޑު ދީފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް