އެވިޑް ކޮލެޖުގެ ޑެޕިއުޓީ ވައިސް ރެކްޓަރގެ މަގާމަށް ޑރ. ސުނީނާ ރަޝީދު ހަމަޖައްސައިފިއެވެ.
ރާއްޖޭގައި އެންމެ ފުރަތަމަ ޕީއެޗްޑީ ހެއްދެވި ދެ ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ސުނީނާ މި މަގާމަށް ހަމަޖައްސާފައިވަނީ މިއަދުއެވެ.
އޭނާ މި މަގާމަށް ހަމަޖެއްސުމުން އޭނާއާއެކު އެ ކޮލެޖުގައި ޑެޕިއުޓީ ވައިސް ރެކްޓަރުންގެ މަގާމުގައި އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ނައިބު ރައީސް އަދި ވިލާ ކޮލެޖުގައި ކުރިން ކިޔަވައިދެއްވި އަހުމަދު ފަޔާޒު ހަސަން ތިއްބަވާނެއެވެ.
ސުނީނާއަށް ލިޔުން ހަވާލުކޮށްދެއްވީ އެ ކޮލެޖުގައި އެކި މަގާމުތަކުގެ ކުރިއެރުން ލިބުނު ފަރާތްތަކަށް ލިޔުން ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އެވިޑްގެ ޗެއަރމަން މުޝްތާގު ރަޝާދެވެ.
މިދިޔަ ފެބްރުއަރީ މަހުން ފެށިގެން ސުނީނާ ހުންނެވީ އެވިޑްގެ ފެކަލްޓީ އޮފް ރިސަރޗް އެންޑް އިނޮވޭޝަންގެ ޑީން ގެ މަގާމުގައެވެ.
އެވިޑްގެ ފެކަލްޓީ އޮފް އިސްލާމިކް ސްޓަޑީޒްގެ ޑީންގެ މަގާމުގައި މިހާތަނަށް ހުންނެވި ކުރީގެ އިސްލާމިކް އެފެއަރޒް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު ޕްރޮމޯޓް ކުރައްވާފައިވަނީ އެ ފެކަލްޓީގެ އެގްޒެކެޓިވް ޑީން ގެ މަގާމަށެވެ. އަދި ބިޒްނަސް މެނޭޖްމަންޓްގެ ޑީން އަކަށް އަލީ ނާފިޒު ހަމަޖެއްސި އިރު، އޭނާ މިހާތަނަށް އެ ފެކަލްޓީގެ ޑެޕިއުޓީ ޑީން ގެ މަގާމުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް