ކުރިއަށް އޮތް ލޯކަލް ކައުންސިލު އިންތިޚާބުގައި ވޯޓުލާ ފަރާތްތަކަށް ފަސޭހަތަކެއް އިލެކްޝަންސް ކޮމިޝަނުން ހަދައިދީފިއެވެ.
އެގޮތުން 50 މީހުން ރެޖިސްޓްރީކުރާ ރިސޯޓުތަކުގައި ވޯޓުފޮށި ބަހައްޓަން ނިންމާފައިވާ އިރު، ހުރިހާ ރިސޯޓެއްގައި ރަޖިސްޓްރީކުރަން މިފަހަރު ހުޅުވާލާނެ ކަމަށް އީސީ އިން ވަނީ ބުނެފައެެވެ.
މީގެ އިތުރުން ރާއްޖެއިން ބޭރުގައި ކޮންސިއުލޭޓް ނުވަތަ އެމްބަސީ ހުންނަ ގައުމުތަކުގައި 150 މީހުން ވޯޓްލާން ރަޖިސްޓްރީކޮށްފައިވާ ނަމަ އަދި ޖަލުތަކުގެ ތެރެއިން ޖަލެއްގައި 25 މީހުން ރަޖިސްޓްރީކޮށްފިނަމަ އެ ޖަލުގައިވެސް ވޯޓްފޮށި ބެހެއްޓުމަށް އެ ކޮމިޝަނުން ވަނީ ނިންމާފައެެވެ.
އަންނަ އަހަރުގެ އޭޕްރީލް 4 ގައި ބާއްވާ ކައުންސިލް އިންތިޚާބުގައި ކައުންސިލްތަކާއި އިންތިޚާބީ ދާއިރާތަކުގެ ވަގުތީ ރިޕޯޓް އާންމުކޮށްފައިވާ އިރު، އެ ރިޕޯޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތުވެސް މިހާރު ވަނީ ހުޅުވާލާފައެވެ. އަދި އެ ފުރުސަތު އަންނަ ހޯމަ ދުވަހަށް އޮންނާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް