ހައި ކޯޓުގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާނަށް އިންޒާރުދިން މައްސަލައިގާ ހައްޔަރުކުރި މީހާ ދޫކޮށްލައިފިއެވެ.
މި މައްސަލައިގާ ކޯޓު އަމުރެއްގެ ދަށުން އިއްޔެގެ ވަގުތެއްގައި ކ. މާފުށިން ހައްޔަރުކޮށްފައިވަނީ އުމުރުން 50 އަހަރުގެ މީހެކެވެ. އެމީހާ ދޫކޮށްލީ ބަންދުގެ މުއްދަތު ޖެހުމަށް ކޯޓަށް ހާޒިރު ކުރުމުން ޝަރުތުތަކެއް ކުރުމަށްފަހު ކޯޓުން ކަމަށް ފުލުހުން ބުނެއެވެ.
އިންޒާރު ދިން ކަމަށް ބުނާ މީހާ މިހާރު ދޫކޮށްލާފައިވާއިރު އެ މީހާގެ ވަކީލް ބައެއް މީޑިއާތަކަށް މައުލޫމާތުދެމުން ބުނެފައިވާގޮތުގައި އިސް ފަނޑިޔާރު ޝުޖާއު އަށް މަރުގެ އިންޒާރު ދިން ކަމަށް ބުނެ ދައްކަނީ ހަގީގަތާ ޚިލާފް ވާހަކަތަކެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް