ޑުރަގު ކެފޭތައް ބަލައި ފާސްކުރުމަށް ފުލުހުން ކުރިއަށްގެންދާ އޮޕަރޭޝަންގައި އިއްޔެ އޭގެ ޑުރަގު ދެ ކެފޭއެއް ބަލާ ފާސްކޮށް ތިން އަންހެނަކާއި 17 ފިރިހެނެއްގެ އިތުރުން ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.
މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވާގޮތުގައި އެގޮތުން އިއްޔެ އެވެރެސްޓް އާގެ ރެއިޑްކޮށް ދިވެހި ދެ އަންހެންކާއި ދިވެހި އަށް ފިރިހެނެއްގެ އިތުރުން ބިދޭސީއަކާއެކު ޖުމްލަ 11 މީހަކު ހައްޔަރުކޮށްފައިވެއެވެ.
"އެމީހުންގެ ތެރެއިން ބައެއް މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މަސްތުވާތަކެތި ބޭނުންކުރަން ތިއްބައި، އަދި އެ ގެ ބަލައި ފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭތަކެތި ފެނިފައިވޭ" ފުލުހުން ބުނެފައިވެއެވެ.
ހަމަ އިއްޔެ ޏަމްޏަމްގެ ރެއިޑްކޮށް ގިނަ ބަޔަކު ހައްޔަރުކޮށްފައިވާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ. އެގޮތުން އެގެއިން ދިވެހި އަންހެނަކާއި ދިވެހި ނުވަ ފިރިހެނަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެއެވެ.
"އެމީހުންގެ ތެރެއިން ބައެއް މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މަސްތުވާތަކެތި ބޭނުންކުރަން ތިއްބައި، އަދި އެ ގެ ބަލައި ފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ތަކެތި ފެނިފައިވޭ" ފުލުހުން ބުނެފައިވެއެވެ.
ކެފޭ އުސޫލުން މަސްތުވާތަކެތީގެ ވިޔަފާރިކުރާ ތަންތަން ބަލާ ފާސްކުރުމަށް ފުލުހުން މިހާރު ކުރިއަށްގެންދާ އޮޕަރޭޝަންގައި ޖުމްލަ ހަތް ގެ އެއް މިވަނީ ބަލާ ފާސްކޮށްފައެވެ. ހައްޔަރުކުރި މީހުންގެ އަދަދު މިވަނީ 59 އަށް އަރާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް