ފަރެސްމާތޮޑާ މެމްބަރު އެނބުރި ރައީސް ޔާމީން އަރިހަށް

ރައްޔިތުންގެ މަޖިލީހުގެ 18 ވަނަ ދައުރުގައި ޕީޕީއެމްގެ މެމްބަރެއްގެ ގޮތުގައި ހުރުމަށްފަހު އެ ޕާޓީން ވަކިވެ މިނިވަން މެމްބަރެއްގެ ގޮތުގައި 19 ވަނަ ދައުރަށް އިންތިހާބުވި ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހު...

22 Nov 2019 | 17:10

ރައްޔިތުންގެ މަޖިލީހުގެ 18 ވަނަ ދައުރުގައި ޕީޕީއެމްގެ މެމްބަރެއްގެ ގޮތުގައި ހުރުމަށްފަހު އެ ޕާޓީން ވަކިވެ މިނިވަން މެމްބަރެއްގެ ގޮތުގައި 19 ވަނަ ދައުރަށް އިންތިހާބުވި ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފް އަނެއްކާވެސް ޕީޕީއެމާ ގުޅިވަޑައިގެންފިއެވެ.

މެމްބަރު ހުސެއިން މުހައްމަދު ޕީޕީއެމާ އަލުން ގުޅިމިވަޑައިގަތީ މިރޭ އިދިކޮޅުން ކުރިއަށްގެންދާ "ހިބަރުވަދު" ޖަލްސާގެ ތެރެއިންނެވެ.

ޕީޕީއެމަށް ސޮއިކުރައްވާފައިވާ ފޯމު މެމްބަރު ހުސެއިން މުހައްމަދު ރައީސް ޔާމީންގެ އަތްޕުޅަށް އެރުވީ ރައީސް ޔާމީނަށް ސަޕްރައިޒެއް ދެއްވަނީ ކަމުގައި ވިދާޅުވެއެވެ.

މެމްބަރު ހުސެއިން މުހައްމަދު މިރޭ ޕީޕީއެމަށް ސޮއިކުރައްވާފައިވާއިރު މިއީ މަޖިލީހުގެ 19 ވަނަ ދައުރަށް އިންތިހާބުވި މެމްބަރުންގެ ތެރެއިން ޕާޓީއަކާއި ގުޅިވަޑައިގެންނެވި ދެވަނަ މެމްބަރެވެ. ފުރަތަމަ ގުޅިވަޑައިގަތް މެމްބަރަކީ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރެވެ. ޖާބިރު ގުޅިވަޑައިގެންނެވީ ޑީއާރުޕީއާއެވެ. ޖާބިރަކީ މިހާރު ޑީއާރުޕީގެ ލީޑަރެވެ.

ރިޔާސީ އިންތިހާބު ނާކާމިޔާބުވުމުން މެމްބަރު ހުސެއިން މުހައްމަދު ޕީޕީއެމް ދޫކުރައްވައި ޖޭޕީއާވެސް ގުޅިވަޑައިގެންނެވިއެވެ. އެހެންނަމަވެސް މަޖިލީހަށް އިންތިހާބުވީ އަމިއްލަގޮތުން ވާދަކުރައްވައިގެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް