ނާޒިމްގެ ދާއިރާގެ އޮފީސް ހުޅުވައިފި

ރައްޔިތުންގެ މަޖިލީހުގައި ދަނގެތި ދާއިރާ ތަމްސީލުކުރައްވާ މެމްބަރު މުހައްމަދު ނާޒިމްގެ އޮފީސް ހުޅުވައިފިއެވެ. މި އޮފީސް ހުޅުވާފައިވަނީ ހުޅުމާލޭގައެވެ. އިއްޔެ ހުޅުވި މި އޮފީހުގެ ހިދުމަތް ރަސްމީ ކޮންމެ ...

22 Nov 2019 | 16:52

ރައްޔިތުންގެ މަޖިލީހުގައި ދަނގެތި ދާއިރާ ތަމްސީލުކުރައްވާ މެމްބަރު މުހައްމަދު ނާޒިމްގެ އޮފީސް ހުޅުވައިފިއެވެ. މި އޮފީސް ހުޅުވާފައިވަނީ ހުޅުމާލޭގައެވެ.

އިއްޔެ ހުޅުވި މި އޮފީހުގެ ހިދުމަތް ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 09 އިން މެންދުރު 12 އަށް އަދި މެންދުރު 1 އިން ހަވީރު 5 ޖަހަންދެން ހުޅުވިފައި ހުންނާނެ ކަމުގައި އެ އޮފީހުން ބުނެއެވެ.

ކުރީގެ ޑިފެންސް މިނިސްޓަރުކަންވެސް ކުރެއްވި ނާޒިމް، މިހާރު ނޫހަށް މައުލޫމާތުދެއްވަމުން ވިދާޅުވެފައިވާގޮތުގައި މި އޮފީހުގެ ބޭނުމަކީ ދާއިރާގެ ރައްޔިތުންނަށް ގާތުން އެހީތެރިކަން ފޯރުކޮށްދިނުމެވެ. އަދި ދާއިރާގެ ރައްޔިތުން އެކި ކަންކަމުގައި ބައްދަލުކޮށް މަޝްވަރާ ކުރެވޭނެ މާހައުލެއް ގާއިމް ކުރުން ކަމަށެވެ.

އެ އޮފީސް މެދުވެރިކޮށް، ދާއިރާގެ ރައްޔިތުންނާ ބައްދަލުވުމުގެ ފުރުސަތު އަބަދުވެސް އޮންނާނެ ކަމުގައި ނާޒިމް ވިދާޅުވެފައިވެއެވެ.

އަލަށް ހުޅުވި އެ އޮފީހާއެކެ އެ އޮފީހުން ވަނީ ދާއިރާގެ ރައްޔިތުންނަށް ހޮޓްލައިނެއްވެސް ގާއިމްކޮށްފައެވެ. އޮފީހުގެ ނަމްބަރަށް ގުޅައިގެން ނާޒިމަށް އެޕޮއިންޓްމެންޓް ހެއްދޭނެ ކަމުގައިވެސް ނާޒިމް ވިދާޅުވެފައިވެއެވެ.

https://twitter.com/nazim7878/status/1197493387969974273

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް