ވަޅި އަޅައި މީހަކު ކަނޑަށް އެއްލާލި މައްސަލައިގާ އެކަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން އެކަން ހާމަކުރީ ދެންމެއެވެ. ފުލުހުން ބުނީ ހައްޔަރުކޮށްފައިވަނީ އެ ދޯނިން މީހެއް ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއެވެ.
ރޭ ދަންވަރު 2:30 ހާއިރު ޒަޚަމްތަކަކާއެކު ކަނޑުން އަރައިގެން އައި މީހަކަށް އއ. މާޅޮސް ސިއްހީ މަރުކަޒުގައި ފަރުވާދިނުމަށްފަހު މިހާރު އައިޖީއެމް ހޮސްޕިޓަލަށް ގެނެސްފައިވެއެވެ. އޭނާގެ ހާލު ސީރިއަސް ކަމަށް ހޮސްޕިޓަލުން ބުނެއެވެ.
ދުވަހަށް މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު ފަރުވާދެމުން އަންނަ މީހަކީ ރ. މަޑުއްވަރީއަށް ނިސްބަތްވާ އުމުރުން 26 އަހަރުގެ ހައްމާދު ނަމަކަށްކިޔާ މީހެކެވެ.
ދޯންޏެއްގައި އޭނާއަށް ހަމަލާދިނުމަށްފަހު މޫދަށް އެއްލާލީ ކޮންމެވެސް ކަމަކަށް އެ ދޯނީގައި ތިބި މީހުންނަށް އޭނާ ބަޔަތު ނުހިފުމުން ކަމަށް ހައްމާދަށް އެހީވި މީހުން ގާތު ހައްމާދު ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް