ރާއްޖެ ސަރަހައްދުން ލަންކާގެ ހަތް މަސްބޯޓު އަތުލައިގެންފި

ރާއްޖޭގެ ސަރަހައްދުން ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރަން އުޅުނު ލަންކާގެ ހަތް މަސްބޯޓު ހިފަހައްޓާފައިވާކަމަށް ކޯސްޓްގާޑުން ބުނެފިއެވެ. އެމްއެންޑީއެފުން ބުނެފައިވަނީ މި މަސްބޯޓުތައް ކޯސްޓްގާޑްގެ ބެލ...

22 Nov 2019 | 06:32

ރާއްޖޭގެ ސަރަހައްދުން ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރަން އުޅުނު ލަންކާގެ ހަތް މަސްބޯޓު ހިފަހައްޓާފައިވާކަމަށް ކޯސްޓްގާޑުން ބުނެފިއެވެ.

އެމްއެންޑީއެފުން ބުނެފައިވަނީ މި މަސްބޯޓުތައް ކޯސްޓްގާޑްގެ ބެލުމުގެ ދަށަށް ގެނައީ މާލެއާ 170 މޭލު ބޭރުން ކަމަށެވެ. މި މަސްބޯޓުތައް ކޯސްޓްގާޑުގެ ބެލުމުގެ ދަށުން މާލެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.

އެ ބޯޓުތައް ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުގައި ދާ އަޅައިގެން މަސް ހިފާކަމުގެ މައުލޫމާތު ދިނީ ރާއްޖޭގެ މަސްދޯންޏަކުން ކަމަށްވެސް އެމްއެންޑީއެފުން ބުނެފައިވެއެވެ.

ތަފްސީލް އަންނަނީ....

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް