ބިދޭސީންތަކެއް ބަނގުރާ ކައްކަން އުޅުމުގެ ތެރޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވާގޮތުގައި މައްޗަންގޮޅި ގެއަކުން ދުން އަރާކަމަށް މިއަދު 9:45އެހައިކަންހާއިރު ފުލުހުންނަށް މައުލޫމާތު ލިބިފައިވެއެވެ.
"އެގެއަކީ ބިދޭސީން ދިރިއުޅޭ ގެއެއްކަމާއި ހާދިސާ ހިނގާފައިވަނީ ބިދޭސީންތަކެއް ބަނގުރާ ކައްކަން އުޅުމުގެ ތެރޭގައި ކަމަށް ފުލުހުން މިހާތަނަށް ބެލިބެލުމުން އެނގިފައިވޭ" ފުލުހުން ބުނެފައިވެއެވެ.
މީޑިއާތަކަށް މައުލޫމާތުދެމުން އެމްއެންޑީއެފުން ބުނެފައިވާގޮތުގައި ހާދިސާގެ ރިޕޯޓް ފަޔަރ އެންޑް ރެސްކިއު ސާވިސްއަށް ލިބިފައިވަނީ 09:37ގައެވެ. ފަޔަރ ޓީމުްނ ގޮސް އުނދުނުގައި ރޯވެފައި ހުރި އަލިފާން ނިއްވާލިކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް