މާރާމާރީއެއްގައި ވަޅި އަޅައި ކަނޑަށް އެއްލާލި ދިވެއްސަކަށް ފަރުވާދެނީ

ލަނޑާނަގަން އުޅުނު ދޯންޏެއްގައި ހިންގި މާރާމާރީއެއްގައި ވަޅި އަޅައި ކަނޑަށް އެއްލާލި ދިވެއްސަކަށް އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާދެމުން އެބަދެއެވެ. މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ...

22 Nov 2019 | 05:09

ލަނޑާނަގަން އުޅުނު ދޯންޏެއްގައި ހިންގި މާރާމާރީއެއްގައި ވަޅި އަޅައި ކަނޑަށް އެއްލާލި ދިވެއްސަކަށް އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާދެމުން އެބަދެއެވެ.

މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ ވަރަށް ބޮޑަށް ޒަހަމްވެފައި އޮތް ދިވެހި ފިރިހެނަކަށް އއ. މާޅޮސް ހެލްތު ސެންޓަރުގައި ފަރުވާދެމުންދާކަމަށް ރޭ 3:06 އެހައިކަންހާއިރު ފުލުހުންނަށް މައުލޫމާތު ލިބިފައިވާކަމަށެވެ.

"އޭނާ އަށް އިތުރު ފަރުވާއަށް މިހާރު ވަނީ މާލެ ގެނެސް އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައި" ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ބުނެފައިވާގޮތުގައި އޭނާ ޒަހަމްވެފައިވަނީ ލަނޑާނަގަން އުޅުނު ދޯންޏެއްގައި ހިންގި މާރާމާރީއެއްގައި ކަމަށެވެ. އަދި އޭނާގެ ގައިގާ ވަޅި އެޅުމަށްފަހު ކަނޑަށް އެއްލާލާފައިވާކަމަށް މިހާތަނަށް ފުލުހުންނަށް މައުލޫމާތު ލިބިފައިވާކަމަށެވެ.

"މީހާގެ ހާލު ސީރިއަސް ކަމަށް ހޮސްޕިޓަލުން މައުލޫމާތުދޭ" ފުލުހުން ބުނެފައިވެއެވެ.

ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެމުން ފުލުހުން ބުނެފައިވަނީ އޭނާ މާޅޮހަށް އެރީ ފަތާފައި ކަމަށެވެ.

ތަފްސީލް އަންނަނީ...

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް