ހިޔާ ފްލެޓްގެ އަގާމެދު ކުރީ ސަރުކާރުންނާއި މުއިއްޒު ޖެއްސެވި ހިސާބުން ވަނީ ބޮޑު ގެއްލުން ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފި އެވެ.
މި މަޝްރޫޢުގެ ޖުމްލަ އަގު ކަމުގައި 2021 ވަނަ އަހަރު އެޗް.ޑީ.ސީ އިން ކަނޑައެޅި އަށް ބިލިއަން އެއް ސަތޭކަ ސާޅީސް ތިން މިލިއަން ބާ ވީސް ހާސް ހަ ސަތޭކަ ސާޅީސް ދެ ރުފިޔާ އާއި ހައުސިންގ ޔުނިޓަކަށްޖެހޭ އެއް މިލިއަން އެއް ލައްކަ ފަސްދޮޅަސް ތިން ހާސް ދުއި ސައްތަ އަށްޑިހަ ނުވަ ރުފިޔާ ކަނޑައަޅާފައިވަނީ، މަޝްރޫޢުއަށް ހިނގާފައިވާ ޚަރަދުތަކަށާއި، މި މަޝްރޫޢުއާ ގުޅިގެން އެޗް.ޑީ.ސީ އިން ކުރަންޖެހޭ އެހެން ޚަރަދުތަކުގެ އަންދާޒާތަކަށް ރިޢާޔަތްކޮށްގެން ކަމަށް ބުނެފައި ވެއެވެ.
ހައުސިންގ ޔުނި ޓަކަށް މަހަކު ދައްކަންޖެހޭ ކަމަށް 2021 ވަނަ އަހަރު އެޗް.ޑީ.ސީ އިން ހުށަހަޅާފައިވާ )މެއިންޓަނެންސް ޚަރަދުގެ ގޮތުގައި އެއްހާސް ރުފިޔާ ހިމަނައިގެން އެގާރަ ހާސް ރުފިޔާއަކީ، %8 ގެ އިންޓަރެސްޓާއިއެކު 20 އަހަރު ގެ ރީޕޭމަންޓް މުއްދަތަކަށް ބިނާކޮށް، އީކުއޭޓެޑް މަންތްލީ އިންސްޓޯލްމަންޓް (އީ.އެމް.އައި) މެތަޑް ބޭނުންކޮށްގެން ހިސާބުކޮށްފައިވާ އަދަދެއް ކަމަށް ވެސް އޮޑިޓް ރިޕޯޓުގައި ބުނެފައި ވެއެވެ.
މީގެ އިތުރުން ޔުނިޓަކަށް މަހަކަށް ދައްކަންޖެހޭ އަދަދު ހިސާބުކުރުމަށް، އެޗް.ޑީ.ސީ އިން ގެންގުޅެފައިވާ އީ.އެމް.އައި މެތަޑަކީ، މިފަދަ ހައުސިންގ މަޝްރޫޢުތަކުގެ ޔުނިޓުތައް ވިއްކާނެ އަގު ކަނޑައެޅުމަށް އާންމުކޮށް ބޭނުންކުރާ މެތަޑެއް ކަމަށް ވެސް ވަނީ ބުނެފަ އެވެ
އޮޑިޓް ރިޕޯޓުގައި އިތުރަށް ބުނެފައިވަނީ އެޗް.ޑީ.ސީ އިން ތައްޔާރުކޮށްފައިވާ ކޭޝްފްލޯ ފޯކާސްޓަށް ރިޢާޔަތްކޮށް، ހުރިހާ ފައިނޭންސް ކޮސްޓެއް ހިމަނައިގެން، ވެއިޑެޓް އެވްރެޖް ފައިނޭންސިންގ ކޮސްޓްގެ ގޮތުގައި ހިސާބުކޮށްފައިވާ %8 އަކީ އެކަށީގެންވާ ރޭޓެއްކަމުގައި ފާހަގަކުރެވޭ ކަމަށެވެ.
ހައުސިންގ ޔުނިޓަކަށް މަހަކު ދައްކަންޖެހޭ ކަމަށް 2018 ވަނަ އަހަރު މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ކަނޑައަޅާފައިވާ މެއިންޓަނެންސް ޚަރަދުގެ ގޮތުގައި އެއް ހާސް ރުފިޔާ ހިމަނާއިގެން ހަ ހާސް ހަ ސަތޭކަ ރުފިޔާއަކީ، އީ.އެމް.އައި މެތަޑާ އެއްގޮތަށް ހަދާފައިވާ ހިސާބެއް ނޫންކަމާއި، ނަތީޖާއެއްގެ ގޮތުން، މި އަދަދަކީ މަޝްރޫޢު ހިންގަން ނެގި ލޯނުތަކާއި، ރީފައިނޭންސިންގ އަށް ނެގި ލޯނުތަކަށް ދައްކާ އިންޓަރެސްޓާއި ލޯނު އަނބުރާ ދެއްކުމަށް ދާނެ ކޭޝް ފްލޯއަށް ރިޢާޔަތް ކޮށް ކަނޑައެޅިފައިވާ އަދަދެއް ނޫންކަން ފާހަގަކުރެވުނު ކަމަށް ވެސް އޮޑިޓް ރިޕޯޓުގައި ވެއެވެ.
2018 ވަނަ އަހަރު މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ތައްޔާރުކޮށްފައިވާ ހިސާބުގައި 20 އަހަރުގެ މުއްދަތަށް، މަހަކަށް ހަ ހާސް ހަ ސަތޭކަ ރުފިޔާގެ ރޭޓުން ޔުނިޓެއް ވިއްކުމުން، ޔުނިޓަކަށް ފައިނޭންސް ކޮސްޓްގެ ގޮތުގައި ނެގިގެންދާނީ ނުވަދިހަ ނުވަ ހާސް ހަ ސަތޭކަ ސާޅީސް ހަތް ރުފިޔާ ކަމަށާއި ނަމަވެސް، އީ.އެމް.އައި މެތަޑަށް ހިސާބު ހަދައިފިނަމަ، ފައިނޭންސް ކޮސްޓްގެ ގޮތުގައި ޔުނިޓަކުން އެއް މިލިއަން ދެ ލައްކަ ފަންސާސް ހަތަރު ހާސް އަށް ސަތޭކަ ހަތްދިހަ ނުވަ ރުފިޔާ
ޖެހޭނެ ކަމަށް ވެސް ބުނެފައި ވެއެވެ.
މީގެ މާނައަކީ، މަހަކަށް ހަ ހާސް ހަ ސަތޭކަ ރުފިޔާގެ ރޭޓުން ޔުނިޓެއް ވިއްކައިފިނަމަ، ފައިނޭންސް ކޮސްޓްގެ ގޮތުގައި ޔުނިޓަކުން އެއް މިލިއަން އެއް ލައްކަ ފަންސާސް ފަސް ހާސް ދުއި ސައްތަ ތިރީސް އެއް ރުފިޔާގެ ގެއްލުންވުން ކަމަށް ވެސް އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ.
މީގެ އިތުރުން ހައުސިންގ ޔުނިޓަކަށް މަހަކު ދައްކަންޖެހޭކަމަށް 2021 ވަނަ އަހަރު މާލޭ ސިޓީ ކައުންސިލުން ހުށަހެޅި ފަސް ހާސް ފަސް ސަތޭކަ ސާޅީސް އަށް ރުފިޔާއަކީ، %36.3 ގެ އިންޓަރެސްޓާއިއެކު 25 އަހަރުގެ ރީޕޭމަންޓް މުއްދަތަކަށް ބިނާކޮށް، އީ.އެމް.އައި މެތަޑް ބޭނުންކޮށްގެން ހަދާފައިވާ ހިސާބެއްނަމަވެސް، ޕްރައިމަރީ ލޯނުތަކުގެ އިންޓަރެސްޓް ރޭޓަކީ %3.3+LIBOR ކަމުގައިވާއިރު، މާލެސިޓީ ކައުންސިލުން ބޭނުންކޮށްފައިވާ LIBOR ގެ އަންދާޒާކަމުގައިވާ %06.0 އަކީ ޖުލައި އަދި ސެޕްޓެމްބަރު 2020 ގައި، ކޮވިޑް-19އާ ގުޅިގެން ވަރަށް ބޮޑަށް LIBOR ދަށްވެފައިހުރި ދުވަސްވަރެއްގައި ހުރި LIBOR ކަމާއި، ލޯނު ދައްކަމުން އައި އިރު ހުރި އެވްރެޖް LIBOR އަށް ރިޢާޔަތްކޮށް، ހޯދާފައިވާ ރޭޓެއް ނޫންކަން ފާހަގަކުރެވުނު ކަމަށް ވެސް ވަނީ ބުނެފަ އެވެ.
ޖެނުއަރީ 2021 ގެ ނިޔަލަށް ދައްކާފައިވާ ލޯނު ޕޭމަންޓްތަކުގެ އެވްރެޖް LIBOR އަކީ %74.1 ކަމަށާއި 2021 ވަނަ އަހަރު އެޗް.ޑީ.ސީ އިން ހައުސިންގ ޔުނިޓަކަށް މަހަކު ދައްކަން ހުށަހަޅާފައިވާ މެއިންޓަނެންސް ޚަރަދު ގެ ގޮތުގައި އެއް ހާސް ރުފިޔާ ހިމަނައިގެން އެގާރަ ހާސް ރުފިޔާއަށް ޔުނިޓުތައް ވިއްކިނަމަ، 20 އަހަރުގެ މުއްދަތަށް ބަލާނަމަ، އެއްވެސް ޑީފޯލްޓެއް ނެތި، ހުރިހާ ޔުނިޓުތަކުން ޖުމްލަ ލިބޭނެކަމަށް އަންދާޒާކުރާ ފައިސާއިން ކުރަންޖެހޭ ޚަރަދުތައް ކެނޑުމުން ނެޓް -ކޭ ޝްފްލޯގެ ގޮތުގައި ދެ ބިލިއަން އެއް ސަތޭކަ ނުވަދިހަ ފަސް މިލިއަން އަށް ލައްކަ ފަސްދޮޅަސް ފަސް ހާސް ފަސް ސަތޭކަ އަށްޑިހަ ފަސް ރުފިޔާ ލިބޭނެކަމަށް އަންދާޒާކުރެވޭ ކަމަށް ބުނެފައި ވެއެވެ.
ހައުސިންގ ޔުނިޓަކަށް މަހަކު ދައްކަން ސަރުކާރުން މިހާރު ކަނޑައަޅާފައިވާ )މެއިންޓަނެންސް ޚަރަދުގެ ގޮތުގައި އެއް ހާސް ރުފިޔާ ހިމަނައިގެން އަށް ހާސް ފަސް ސަތޭކާ ރުފިޔާއަށް ޔުނިޓުތައް ވިއްކައިފިނަމަ، 25 އަހަރުގެ މުއްދަ ތަކަށް ބަލާނަމަ، އެއްވެސް ޑީފޯލްޓެއް ނެތި، ހުރިހާ ޔުނިޓުތަކުން ޖުމްލަ ލިބޭނެކަމަށް އަންދާޒާކުރާ ފައިސާއިން ކުރަންޖެހޭ ޚަރަދުތައް ކެނޑުމުން ނެޓް- ކޭޝްފްލޯގެ ގޮތުގައި އެއް ސަތޭކަ ތިރީސް އަށް މިލިއަން ފަސްދޮޅަސް ތިން ހާސް ހަ ސަތޭކަ ހަތްދިހަ ރުފިޔާ ގެ ޑެފިސިޓެއް ވާނެކަމަށް އަންދާޒާކުރެވޭ ކަަަށް ވެސް އޮޑިޓް ރިޕޯޓުގައި ބުންނެވެ.
ހައުސިންގ ޔުނިޓަކަށް މަހަކު ދައްކަން 2018 ވަނަ އަހަރު މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ނިންމާފައިވާ ހަ ހާސް ހަ ސަތޭކަ ރުފިޔާ އާއި 2021 ވަނަ އަހަރު މާލޭ ސިޓީ ކައުންސިލުން ހުށަހަޅާފައިވާ ހަ ހާސް ފަސް ސަތޭކަ ރުފިޔާއަށް ޔުނިޓުތައް ވިއްކައިފިނަމަ، 25 އަހަރުގެ މުއްދަތަކަށް ބަލާނަމަ، އެއްވެސް ޑީފޯލްޓެއް ނެތި، ހުރިހާ ޔުނިޓުތަކުން ޖުމްލަ ލިބޭނެކަމަށް އަންދާޒާކުރާ ފައިސާއިން ކުރަންޖެހޭ ޚަރަދުތައް ކެނޑުމުން ނެޓް-ކޭޝްފްލޯގެ ގޮތުގައި ގާތްގަނޑަކަށް ނުވަ ބިލިއަން ދުއި ސައްތަ ނުވަ މިލިއަން ނުވަ ލައްކަ ހަތްދިހަ އެއް ހާސް ފަސް ސަތޭކަ ތިރީސް ދެ ރުފިޔާ ގެ ޑެފިސިޓެއް ވާނެކަމަށް އަންދާޒާކުރެވޭ ކަމަށް ވެސް އޮޑިޓް ރިޕޯޓުގައި ބުނެއެވެ.
އެޗް.ޑީ.ސީ އިން ކޮށްފައިވާ ހިސާބަކީ ކުންފުނިން މި މަޝްރޫޢުއަށް ނަގާފައިވާ ލޯނުތަކާއި، މަޝްރޫޢުއާ ގުޅުންހުރި އެހެނިހެން ކަންކަމަށް ކުރަންޖެހޭ ޚަރަދުތަކަށް ރިޢާޔަތްކޮށް، ހަދާފައިވާ ހިސާބެއްކަމާއި، މި އަގަށްވުރެ ކުޑަ އަގެއްގައި ޔުނިޓުތައް ސަބްސިޑައިޒްކޮށްގެން ވިއްކާނަމަ، ކުންފުންޏަށް މާލީ ގޮތުން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެކަމަށް ލަފާ ކުރެވޭ ކަމަށް ވެސް ބުނެފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް