ގޮންޖެހުންތަކެއް ހުރި ނަމަވެސް، ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ދާއިރާގެ ހާލަތު ރަނގަޅުވަމުންދާ ކަމަށް ޓްރާންސްޕޯޓު މިނިސްޓަރ ޢާއިޝަތު ނަހުލާ ވިދާޅުވެއްޖެ އެވެ.
ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު މިހެން ވިދާޅުވީ ކޮވިޑް-19އާ ގުޅޭ ހައި-ލެވެލް ކޮންފަރެންސްގައި ވާހަކަދައްކަވަމުން ނެވެ.
އެގޮތުން މިނިސްޓަރ ވަނީ މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން އޯގަސްޓު މަހުގެ 21ގެ ނިޔަލަށް އޭވިއޭޝަން ދާއިރާގެ ހާލަތު 65 ޕަސެންޓް ރަނގަޅުވެފައިވާކަން ފާހަގަ ކުރައްވާފަ އެވެ.
ކޮވިޑުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތުގައި އިންޓަރނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން (އައިކާއޯ)ގެ އިރުޝާދާއި ހުށަހެޅުންތައް ބޭނުންކުރަމުން ގެންދާ ކަމަށް ވެސް މިނިސްޓަރ ނަހުލާ ވިދާޅުވި އެވެ.
" އޭގެ މައްޗަށް ބިނާކޮށް، ދިވެހި ސިވިލް އޭވިއޭޝަން އޮތޯރިޓީއަށާއި ރާއްޖޭގެ އެއަރޕޯޓުތަކަށާއި އެއަރލައިން އޮޕަރޭޓަރުންނަށާއި އޭވިއޭޝަން ސެކިއުރިޓީއަށް އެހީތެރިވުމަށްޓަކައި އަމިއްލައަށް ގައިޑެންސް މެޓީރިއަލް ވަނީ ނެރެފަ." މިނިސްޓަރ ވިދާޅުވި އެވެ.
މިނިސްޓަރ ނަހުލާ ވިދާޅުވީ ރާއްޖެއިން އެންމެ ބޮޑަށް ސަމާލުކަން ދެނީ ބަލިން އަރައިގަތުމަށް ކުރަމުންދާ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް ކުރިމަތިވާ ހުރަސްތަކާ ކުރިމަތިލުމަށް ރާއްޖެއިން ތައްޔާރަށް އޮތް ކަމަށް ވަނީ ވިދާޅުވެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް