ފާއިތުވި 24 ގަޑި އިރު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވް ވީ 55 މީހުން ކަމަށް އެޗްޕީއޭ އިން ހާމަކޮށްފި އެވެ.
އެޗްޕީއޭ އިން ބުނީ އޭގެ ތެރޭގައި ހިމެނެނީ މާލެއިން 21 މީހުންނާއި އަތޮޅުތަކުން 21 އަދި ރިސޯޓުތަކުން 13 މީހުން ކަމަށެވެ.
މިއާއެކު ރާއްޖެއިން 86،605 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފަ އެވެ.
ފާއިތުވި 24 ގަޑި އިރު، 3،063 ސާމްޕަލް ނަގާފައިވާ އިރު، އެކްޓިވް ކޭސްގެ އަދަދަކީ 1،322 އެވެ. އަދި 18 މީހުންނަށް ފަރުވާދެމުން އަންނަނީ އެޑްމިޓްކޮށްގެން ނެވެ.
ކޮވިޑު ބަލީގައި ރާއްޖެއިން ފަރުވާ ހޯދައިގެން 85،030 މީހުން ރަނގަޅުވެފައިވާ އިރު، އެބަލީގައި ނިޔާވެފައިވަނީ 240 މީހުން ނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް