އެއްވެސް ޝައްކެއް ނެތް ގޮތުގައި ބާގަރ އަކީ ކާލަން އަނގަޔަށް މީރު އެއްޗެކެވެ. އެގޮތުން އަހަރެމެންގެ ތެރެއިން ހުރިހާ އުމުރެއްގެ މީހުން ވެސް ބާގަރ ކެއުމަށް ލޯބިކުރެއެވެ.
ކަން މިހެން ހުރިނަމަވެސް ބާގަރ އަކީ އަހަރެމެންގެ ސިއްހަތަށް ރަނގަޅު އެއްޗެއް ނޫންކަމެވެ. އެހެން ކަމުން ބަރގަރ އެއް ކެއުމަށްފަހު ތިބާގެ ހަށިގަނޑަށް ވާގޮތް މި ލިޔުމުގައި ކުޑަކޮށް ކިޔާލަދެވޭތޯ ބަލާނަމެވެ.
ސައިންސްގެ ހޯދުންތަކުން އެނގޭ ގޮތުގައި ބާގަރ އަކީ ޖަންކް ފުޑްސްގެ ބާވަތެކެވެ. އެއީ ކެލޮރީސް، ފެޓް އިތުރުވާ ސޯޑިއަމް އިން ފުރިގެންވާއެއްޗެއްކެވެ. އެއީ އޭގެއިން ކުޑަމިން ވަރަކުން ވެސް ހަށިގަނޑަށް ބޮޑެތި ގެއްލުމްތަކެއް ލިބިދާނެ އެއްޗެކެވެ. މިސާލަކަށް އެންމެ ބާގަރ އެއްގައި ވެސް 500 ކެލޮރީސް، 25 ގްރާމް ފެޓް، 40 ގްރާމް ކާބްސް، 10 ގްރާމް ހަކުރު، އަދި 1000 މިލިގްރާމްސޯޑިއަމް އެކުލެވިގެން ވެއެވެ. މިއީ ތިބާގެ ހަށިގަނޑުގެ ސިސްޓަމްތައް ހަލާކު ކޮށްލަން ފުދޭ މިންވަރެކެވެ.
ސައިންސްގެ ހޯދުންތަކުން އެނގޭ ގޮތުގައި ބާގަރ އެއް ކާލާތާ 15 މިނެޓު ފަހުން ގްލޫކޯޒް ގެ ބޮޑު ސަރޖް އެއް ތިބާގެ ހަށިގަނޑު ތަޖުރިބާ ކުރެއެވެ. މިކަމުގެ ސަބަބުން ތިބާގެ ހަށިގަނޑަށް އިންސިއުލިން ދޫކުރާ މިންވަރު އިތުރުވެގެން ދެއެވެ. އޭގެ ސަބަބުން މަދު ގަޑިއިރުކޮޅެއްގެ ތެރޭގައި އަނެއްކާވެސް ބަނޑުހައިކަން އިހްސާސް ކުރެވެއެވެ. މި ޕެޓާން ތަކުރާރު ކުރުމަކީ ހަކުރުބަލި ޖެހުމުގެ ފުރުސަތު ބޮޑުވެދާނެ ކަމެކެވެ. ސައިންޓިފިކް ގޮތުން ބަލާއިރު އެއް ފަހަރާ މާ ގިނައިން ކެލޮރީސް ނެގުމުގެ ޕްރޮސެސްގެ ސަބަބުން ހަށިގަނޑުގެ ސެލްތަކަށް އޮކްސިޑޭޓިވް ސްޓްރެސް އެއް ދެއެވެ.
ސެޗުރޭޓެޑް ފެޓް އިން ފުރިގެންވާ މިފަދަ ކާނާ ބޭނުން ކުރުމަކީ ސިއްހަތަށް ވަރަށް ގެއްލުން ހުރި ކަމެކެވެ. ސިއްހަތު ރަނގަޅު ފިރިހެނުންގެ ގްރޫޕަކަށް ސެޗުރޭޓެޑް ފެޓް ގިނައިން ހުންނަ ކާނާ ކާން ދިނުމުން، އެމީހުންގެ އާޓަރީތައް ވަރަށް ބޮޑަށް ބަލިކަށިވާ ކަމަށް ހޯދުންތަކުން ދައްކައެވެ. އެގޮތުން އާޓަރީތައް މާ ބޮޑަށް ޑައިލޭޓް ނުކުރާކަން ވަނީ ސާބިތުވެފަ އެވެ. އެގޮތުން ލޭ މައްޗަށް ދިއުން ފަދަ ބަލިތައް ތަޖުރިބާކުރަން ޖެހޭއިރު، މިކަމުގެ ސަބަބުން ހިތުގެ ބަލިތަކަށް ވެސް މަގު ފަހިކުރުވައެވެ. މީގެ އިތުރުން ބާގަރ ގައި އެކުލެވޭ ގިނަ އަދަދެއްގެ ސޯޑިއަމްގެ ސަބަބުން ލޭހޮޅިތަކަށް ނޭދެވޭ އަސަރު ކުރާކަމަށްވެސް ސައިންޓިފިކް ހޯދުންތަކުން ދައްކައެވެ. އެހެން ކަމުން ބާގަރ ކެއުމުގައި ވިސްނާލުން މުހިންމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް