ގދ. ތިނަދޫ މިއުޒިއަމް ޕާކްގައި ޕަމްޕްތައް ބަހައްޓާފައި ހުރި ވަޅަކަށް ކުއްޖަކު ވެއްޓިއްޖެ

ގދ. ތިނަދޫ މިއުޒިއަމް ޕާކްގައި ޕަމްޕްތައް ބަހައްޓާފައި ހުރި ވަޅަކަށް ކުޑަކުއްޖަކު ވެއްޓިއްޖެ އެވެ. ކުޑަ ކުއްޖާ ޕާކަށް ގޮސްފައިވަނީ މައިންބަފައިންނާ އެކުއެވެ. ތިނަދޫ ކައުންސިލުން މީޑިއާއަށް ބުނެފައިވަނ...

22 Oct 2021 | 16:28

ގދ. ތިނަދޫ މިއުޒިއަމް ޕާކްގައި ޕަމްޕްތައް ބަހައްޓާފައި ހުރި ވަޅަކަށް ކުޑަކުއްޖަކު ވެއްޓިއްޖެ އެވެ.

ކުޑަ ކުއްޖާ ޕާކަށް ގޮސްފައިވަނީ މައިންބަފައިންނާ އެކުއެވެ.

ތިނަދޫ ކައުންސިލުން މީޑިއާއަށް ބުނެފައިވަނީ މި ހާދިސާ ހިނގާފައިވަނީ މިއަދު ހަވީރު އެވެ. އަދި އެ ކުއްޖާ ވެއްޓިފައިވަނީ ފެންއަރުވާ ވަޑާމުގެ ޕަމްޕްތައް ބަހައްޓާފައި ހުރި ވަޅަށް ކަމަށް ވަނީ ބުނެފަ އެވެ.

ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި އެ ފަރާތުން ވާނީ ވަޅުގައި މަތިގަނޑެއް އަޅާފަ އެވެ. ނަމަވެސް އަޅާފައިވާ މަތިގަނޑު އިނީ ހަލާކުވެފައި ކަމަށް ބުނެފައި ވެއެވެ.

ދުވަހަށް މައުލޫމާތުދެމުން ކުއްޖާގެ ބައްޕަ ބުނީ، އެ ކުއްޖާ އެ ވަޅަށް ވެއްޓުނީ ފެންފުޅިއަކުން ފެންބޮމުން ހިނގަމުން ދަނިކޮށް ކަމަށާއި، އަމިއްލައަށް މަތި ނަގައިގެން އުޅުމުގެ ތެރޭގައި ކަމަށްބުނެ ފެތުރޭ މައުލޫމާތަކީ ރަނގަޅު މައުލޫމާތެއް ނޫން ކަމަށެވެ.

މީގެ އިތުރުން މިފަދަ ހާދިސާއެއް ތަކުރާރު ވިޔަ ނުދިނުމަށްޓަކައި ކައުންސިލުން އެކަށީގެންވާ ފިޔަވަޅު އަޅާނެ ކަމުގެ ޔަޤީންކަން އަރުވާފައިވެއެވެ.

މައުލޫމާތު ލިބޭ ގޮތުގައި މި ހާދިސާގައި ވެއްޓުނު ކުއްޖާގެ އެކްސްރޭ ނެގުމަށް ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންގޮސްފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް