ބޯޑަރ މައިލްސް ޕްރޮގްރާމުގެ އެމްބެސެޑަރ ހޯޒޭ އެންރީކޭ ފުރަތަމަ ފަހަރަށް ރާއްޖެ އަތުވެއްޖެ

ބޯޑަރ މައިލްސް ޕްރޮގްރާމުގެ އެމްބެސެޑަރ ހޯޒޭ އެންރީކޭ ފުރަތަމަ ފަހަރަށް ރާއްޖެ އަތުވެއްޖެ އެވެ. މި ޕްރޮގްރާމްގެ އެންމެ ފުރަތަމަ އެމްބެސެޑަރ ހޯޒޭ ބުނީ މިއީ އޭނާއަށް ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ...

22 Oct 2021 | 16:22

ބޯޑަރ މައިލްސް ޕްރޮގްރާމުގެ އެމްބެސެޑަރ ހޯޒޭ އެންރީކޭ ފުރަތަމަ ފަހަރަށް ރާއްޖެ އަތުވެއްޖެ އެވެ.

މި ޕްރޮގްރާމްގެ އެންމެ ފުރަތަމަ އެމްބެސެޑަރ ހޯޒޭ ބުނީ މިއީ އޭނާއަށް ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ. އަދި ރާއްޖެއަކީ ޗުއްޓީ ހޭދަކޮށްލުމަށް އޭނާއަށް އެންމެ ކަމުދާ މަންޒިލް ކަމަށެވެ.

"މިީ ހަމަ ދުނިޔެމަތީގެ ސުވަރުގެ. އަހަރެން އަދިމިވަރުގެ ތަނަކަށް ނުދަން." ހޯޒޭ ބުންޏެވެ.

އޭނާގެ މި ދަތުރުގައި މޯލްޑިވްސް ބޯޑަރ މައިލްސް ޓީމާއެކު ރާއްޖެ އިޝްތިހާރު ކުރުމުގެ އެކި ހަރަކާތްތަކުގައި ބައިވެރިވާނެ އެވެ.

މި ޕްރޮގްރާމުގެ ބައިވެރިންނަށް ލިބޭ ފައިދާތައް ވަނީ 3 ގިންތިއަކަށް ބަހާލާފަ އެވެ. އެގޮތުން ބްރޮންޒް އަށް "އައިދަ" ކިޔާފައިވާ އިރު، ސިލްވަރ އަށް ކިޔަނީ "އަންތަރަ" އެވެ. އަދި ގޯލްޑަށް ކިޔަނީ "އަބާރަނަ" އެވެ.

މިއިން ކޮންމެ ދަރަޖައަކަށް ލިބޭ އިނާޔަތްތައް ވެސް ތަފާތެވެ.

ބޯޑަރ މައިލްސް ޕްރޮގްރާމްގައި ބައިވެރިވުމަށް ފަތުރުވެރިން ރާއްޖޭގައި މަދުވެގެން 3 ދުވަސް މަޑުކުރަން ޖެހޭ އިރު، މަޑުކުރަންޖެހޭނީ ޓޫރިސްޓް ފެސިލިޓީއެއްގަ އެވެ.

މޯލްޑިވްސް އިމިގްރޭޝަނުން އިސްނަގައިގެން ޓޫރިޒަމް މިނިސްޓްރީއާއި ގުޅިގެން ތަޢާރަފުކުރި މި ޕްރޮގްރާމުގައި މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯރޕަރޭޝަން، (އެމްއެމްޕީއާރްސީ)އާއި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމް.އޭ.ސީ.އެލް ވަނީ ޕާޓްނަރުންގެ ގޮތުގައި ބައިވެރިވެފަ އެވެ.

https://twitter.com/MACLmedia/status/1451580981467439108

ހޯޒޭ އެންރީކޭ ވަނ ީ ލިވަރޕޫލް އެފްސީ އަދި ނިއުކަރސަލް ޔުނައިޓެޑްގެ ޑިފެންޑަރެއްގެ ގޮތުގައި ކުޅެ، ގިނަ ކާމިޔާބީތަކެއްގައި ހިއްސާވެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް