ހދ. މަކުނުދޫގައި ބަލި މީހަކު ބަރޯއެއްގައި ސިއްހީ މަރުކަޒަށް ގެންދިއުމުން މެމްބަރު ރާއީ އަށް، ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ގޯސްވެއްޖެ އެވެ.
ބަލި މީހަކު ބަރޯއެއްގައި މަރުކަޒަށް ގެންދިޔަ ފޮޓޯއާއި ވީޑިއޯއެއް ސޯޝަލް މީޑިއާގައި ޢާންމުވެފައިވާ އިރު، މެމްބަރު ރާއީ މިފަދައިން ވިދާޅުވީ ބައެއް މީހުން ފޭސް ބުކްގައި ކޮށްފައިވާ ކޮމެންޓަކާ އެކުގަ އެވެ.
މެމްބަރު ރާއީ ވަނީ މިކަމަކީ ސަރުކާރު ކޯލިޝަންގައި އަދާލަތު ޕާޓީ އޮވެ އަދާލަތުން އިދިކޮޅު ފަރާތްތަކާއި ގުޅިގެން ހިންގި ކަމެއް ކަމަށް ތުހުމަތުކުރައްވާފަ އެވެ. އަދި އަދާލަތު މަސައްކަތް ކުރަނީ ސަރުކާރުގައި އޮވެ އެޕާޓީގެ ވަރުހުރިކަން ދެއްކުމަށް ކަމަށް ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.
"ނަމަވެސް އެކަން ނުކުރެވޭނެ. އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރުގެ އިތުބާރު ނެތްކަމަށް ވައްދާނަން." ރާއި ވިދާޅުވެފައި ވެއެވެ.
https://twitter.com/Mraee12/status/1451557211600158721?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1451557211600158721%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fkhabaruonline.com%2F67845%2F
މިނިސްޓަރ އިމްރާނަކީ އޭނާގެ ތާއީދު ނެތް މިނިސްޓަރެއްކަމަށް މީގެ ކުރިން ވެސް ތަކުރާރުކޮށް ވިދާޅުވަމުން އަންނަ ރާއީ ވިދާޅުވަނީ އިމްރާން އޭނާގެ ދާއިރާގެ ތަރައްޤީއަށް ވެސް ހުރަސް އަޅާކަމަށެވެ.
އެހެން ވަޒީރުންނަށް ގުޅައިގެން ވެސް ތަރައްޤީއަށް ހުރަސް އަޅަން މަސައްކަތް ކުރާކަމަށް ތުހުމަތު ކުރައްވާފައިވީ ނަމަވެސް މިނިސްޓަރ އިމްރާންގެ އިތުބާރު ނެތްކަމަށް ވައްދާނެ ދުވަހެއް ރާއީ ވިދާޅުއް ނުވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް