ރިޔާސީ އިންތިޚާބުގައި ރައްޔިތުންނަށްވީ ވައުދުގެ 90 އިންސައްތަަ މަސައްކަތް މިހާރުވަނީ ނިމިފަ: މިނިސްޓަރ އަސްލަމް

ރިޔާސީ އިންތިޚާބުގައި ރައްޔިތުންނަށްވީ ވައުދުގެ 90 އިންސައްތަަ މަސައްކަތް މިހާރުވަނީ ނިމިފައި ކަަމަށް މިނިސްޓަރ އޮފް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވ...

22 Oct 2021 | 14:18

ރިޔާސީ އިންތިޚާބުގައި ރައްޔިތުންނަށްވީ ވައުދުގެ 90 އިންސައްތަަ މަސައްކަތް މިހާރުވަނީ ނިމިފައި ކަަމަށް މިނިސްޓަރ އޮފް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

އއ. ހިމަންދޫ ބަނދަރު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ރައްޔިތުންނަށް ފުރިހަމަގޮތުގައި ކަންކަމުގެ މައުލޫމާތު އެނގިފަ ހުރުމަކީ އެއީ ސަރުކާރާއި ދޭތެރޭ ރައްޔިތުންނަށް އޮންނަ އިތުބާރު އާލާވެގެންދާނެ ކަމެއް ކަމަށެވެ.

"119 ރަށެއްގެ ފެނުގެ މަސައްކަތް ކުރުމަށް ސޮއިކޮށްފައިވޭ. 59 މަޝްރޫޢެއްގެ އަމަލީ މަސައްކަތް މިހާރުވެސް ކުރިއަށްދޭ. ބާކީ ހުރި މަސައްކަތްތައް އޮތީ ޑިޒައިންގެ މަރުހަލާގަ. 90 ރަށެއްގެ ނަރުދަމާގެ މަސައްކަތުގައި ވަނީ ސޮއިކޮށްފަ." މިނިސްޓަރ އަސްލަމް ވިދާޅުވި އެވެ.

ތަރައްގީގައި ކުރަންޖެހޭ ކަންކަން ގިނަކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ ފެނާއި ނަރުދަމާ އަޅަންޖެހޭ ކަމަށާއި ސިއްހީ ނިޒާމާއި ތައުލީމީ ނިޒާމު ވެސް ކުރިއަރަންޖެހޭ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް