ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރަތް ކޮށްފައިވާ "އެޗް 3" ޓަވަރުގެ ކޮމަރޝަލް އޭރިއާގައި ޑޭކެއަރ ސެންޓަރެއް ހަދައިދޭނެ ފަރާތެއް ހޯދަން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހައުސިންގ ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުވާލައިފި އެވެ.
އެ ކުންފުނިން ކޮށްފައިވާ ޓްވީޓެއްގައިބުނެފައިވަނީ ޑޭކެއަރ ސެންޓަރު ހެދުމަށް ކަނޑައެޅިފައިވަނީ 2،190.88 އަކަ ފޫޓުގެ ޖާގައެއްގައި ކަމަށެވެ. އަދި ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑިއަކީ ނޮވެމްބަރު 17 ވަނަ ދުވަހުގެ މެންދުރު 2 ޖަހާއިރު ކަމަށެވެ.
ޕްރޮޕޯސަލް އާއިއެކު ބިޑް ސެކިއުރިޓީ ހުށަހަޅަން ޖެހޭ ކަމަށް ވެސް ވަނީ ބުނެފަ އެވެ.
އެ ކުންފުނިން ބުނީ ޕްރޮޕޯސަލް ހުށަހެޅުމާއި ބެހޭ ގޮތުން އިތުރަށް އޮޅުންފިލުވަން ބޭނުން ވާނަމަ އެޗްޑީސީގެ ވެބްސައިޓް މެދުވެރިކޮށް މަޢުލޫމާތު ސާފު ކުރެވޭނެ ކަމަށެވެ.
https://twitter.com/hdcmaldives/status/1451480748507074563
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް