އެމްބިއުލާންސް ނެތުމުން މަންމަ ސިއްހީ މަރުކަޒަށް ގެންދިޔައީ ބަރޯއަކަށް ލައިގެން

ހދ. މަކުނުދޫގައި އުމުރުން ދުވަސްވީ މީހަކު ސިއްހީ މަރުކަޒަށް ގެންދަން އެމްބިއުލާންސް ނެތުމުން، ވީލްބަރޯއަކަށް ލައިގެން ސިއްހީ މަރުކަޒަށް ގެންގޮސްފި އެވެ. ސޯޝަލް މީޑިއާގައި މި ވީޑިއޯ ދައުރުވަމުންދާ އިރު...

22 Oct 2021 | 12:51

ހދ. މަކުނުދޫގައި އުމުރުން ދުވަސްވީ މީހަކު ސިއްހީ މަރުކަޒަށް ގެންދަން އެމްބިއުލާންސް ނެތުމުން، ވީލްބަރޯއަކަށް ލައިގެން ސިއްހީ މަރުކަޒަށް ގެންގޮސްފި އެވެ.

ސޯޝަލް މީޑިއާގައި މި ވީޑިއޯ ދައުރުވަމުންދާ އިރު، އެރަށު މީހަކު ދުވަސްއެމްވީއަށް ބުނީ އެރަށު ސިއްހީ މަރުކަޒަށް ގުޅުމުން އެމްބިއުލާންސް ނެތް ކަމަށް ބުނެފައިވާތީ، ބަލިމީހާގެ ދަރިފުޅު ނިންމީ ވީއެންމެ އަވަހަކަށް އޭނާގެ މަންމަ ސިއްހީ މަރުކަޒަށް ގެންދިއުމަށް ކަމަށވެެ.

"އޭނާ ބޭނުންވީ މަންމަ ވީހާވެސް އަވަހަކަށް ސިއްހީ މަރުކަޒަށް ގެންދަން. އެމްބިއުލާންސެއް ނެތް. އެހެންވީމަ، ގޭގަ ހުރި ވީލްބަރޯއަށް މަންމަ ލައިގެެން ގެންދިޔައީ." އެމީހާ ބުންޏެވެ.

އަތޮޅުތެރޭގައި އެމްބިއުލާންސް ގެ މައްސަލަ ބޮޑުވެފައިވާ އިރު، މި އޮކްޓޯބަރ މަހުގެ ހަތްވަނަ ދުވަހު ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒު ވިދާޅުވެފައިވަނީ އަތޮޅުތަކަށް ގެންނަ އެމްބިއުލާންސްތަކުގެ ތެރެއިން 20 އެމްބިއުލާންސް ރާއްޖެއަށް ލިބިފައިވާ ކަމަށެވެ.

މަބްރޫކް އިތުރަށް ވިދާޅުވެފައިވަނީ "ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި އިތުރު 20 އެމްބިއުލާންސް ލިބޭނެ ކަމަށާއި އިތުރު 20 އެމްބިއުލާންސް ވެސް ވަރަށް އަވަހަށް ލިބޭނެ" ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް