ޕްރޮގްރެސިވް ކޯލިޝަނުންގެ 'މިނިވަންކަމުގެ ހިނގާލުން' ފަށައިފި

ޕްރޮގްރެސިވް ކޯލިޝަނުންގެ 'މިނިވަންކަމުގެ ހިނގާލުން' ފަށައިފި އެވެ. ރާއްޖޭގެ މިނިވަންކަން ގެއްލުވާލުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާއި ދެކޮޅު ހެދުމުގެ ގޮތުން އަޑު އުފުލުމަށް ބާއްވާ މި ހިނގާލު...

22 Oct 2021 | 11:25

ޕްރޮގްރެސިވް ކޯލިޝަނުންގެ 'މިނިވަންކަމުގެ ހިނގާލުން' ފަށައިފި އެވެ.

ރާއްޖޭގެ މިނިވަންކަން ގެއްލުވާލުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާއި ދެކޮޅު ހެދުމުގެ ގޮތުން އަޑު އުފުލުމަށް ބާއްވާ މި ހިނގާލުން ފަށަފައިވަނީ މިއަދު ހަވީރު 4 ޖެހި އިރު، ޕީޕީއެމް އޮފީސް ދޮރުމަތިން ނެވެ.

މިއަދުގެ ހިނގާލުމުގައި އެ ކޯލިޝަންގެ އިސްލީޑަރުންނާއި ގިނަ އަދަދެއްގެ ޢާންމުން ވަނީ ބައިވެރިވެފަ އެވެ.

މި ހިނގާލުމާއިގުޅޭގޮތުން ޕީޕީއެމްގެ ނާއިބް ރައީސް އަހުމަދު ޝިޔާމް ކުރިންވިދާޅުވެފައިވަނީ މިސަރުކާރުން ވެރިކަމާއި ހަވާލުވިފަހުން ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤުލާލަށް ބުރޫއަރާފަދަ އެތައްކަމެއް ކޮށްފައިވާ ކަމަށެވެ.

މިކަންކަމުން އަރައި ގަތުމަށް ދިވެހި ރައްޔިތުން ނިކުތުމަކީ މިއަދު ކޮންމެހެން ކުރަންވެއްޖެ ކަމެއް ކަމަށް ވެސް ޝިޔާމް ވަނީ ވިދާޅުވެފަ އެވެ.

މި ހިނގާލުން ބާއްވަނީ ފުލުހުންނާއި ކަމާއި ގުޅުންހުރި އިދާރާތަކުން ނަގަންޖެހޭ ހުއްދަތައް ނެގުމަށްފަހު ކަމަށް ވެސް ޝިޔާމް ވަނީ ވިދާޅުވެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް