ޝާހްރުކް ޚާންގެ ގެ "މަންނަތު" އެންސީބީން ރޭޑް ކޮށްފި

ބޮލީވުޑްގެ ރަސްގެފާނު ޝާހްރުކް ޚާންގެ ގެ "މަންނަތު" އިންޑިއާގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އިން ރޭޑް ކޮށްފި އެވެ. އިންޑިއާގެ ނޫސްތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި އެ ގެ ރޭޑްް ކުރީ ޑްރަގްގ...

22 Oct 2021 | 11:14

ބޮލީވުޑްގެ ރަސްގެފާނު ޝާހްރުކް ޚާންގެ ގެ "މަންނަތު" އިންޑިއާގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އިން ރޭޑް ކޮށްފި އެވެ.

އިންޑިއާގެ ނޫސްތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި އެ ގެ ރޭޑްް ކުރީ ޑްރަގްގެ މައްސަލައެއްގައި މިހާރުބަންދުކޮށްފައި ހުރި ޝާހްރުކް ޚާންގެ ދަރިފުޅު އާރްޔަން ޚާންގެ މައްސަލައިގަ އެވެ.

ބަންޑްރާގައި ހުންނަ 'މަންނަތު' ރޭޑުކުރުމަށް ނުވަތަ ބަލައިފާސް ކުރުމަށް އެންސީބީގެ އޮފިޝަލުން ދިޔައީ ލިޔެކުޔުންތަކއއް ވެސް ހިފައިގެން ނެެވެ.

އާރްޔަން ބަންދު ކޮށްފައި ހުރީ އަރުތޫރު ރޯޑް ޕްރިޒަން ގައެވެ. އެތަނުގައި އާރްޔަން ބަންދު ކޮށްފައި ހުންނަތާ 3 ހަފުތާއެއްހާ ދުވަސް ވެފައި ވާއިރު، ކަފާލާތުގެ ދަށުން އޭނާ މިނިވަންކޮށްދިނުމަށް، އެދުމުން ވެސް ކޯޓުން ވަނީ 2 ފަހަރަކަށް އިންކާރު ކޮށްފަ އެވެ.

އެގައުމުގެ ޚަބަރުތައް ބުނާގޮތުން އާރްޔަން ޚާންގެ މައްސަލައިގާ ބަތޮލާ އަނަންޏާ ޕާންޑޭގެ ގެވެސް، ވަނީ ރެއިޑް ކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް