ފިލްމް "ރަސްޓް"ގެ މަންޒަރެއް ނެގުމުގެ ތެރޭގައި މީހަކު މަރުވެއްޖެ އެވެ.
ނޫސްތަކުން ބުނެފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ފިލްމުގެ ސެޓްގައި ޕްރޮޕް-ގަންއެއްގެ ގޮތުގައި ބޭނުން ކުރަމުން ދިޔަ ބަޑިއެއް ޖެހިގެން ކަމަށެވެ. އަދި މިބަޑި ޖަހާފައިވަނީ އެމެރިކާގެ މަޝްހޫރު ބަތޮލް އެލެކް ބޯލްޑްވިންގެ އަތުން ނެވެ.
އެލެކް ބޯލްޑްވިން މި ބަޑި ޖެހުމާއެކު ފިލްމުގެ ސެޓުގައި ހުރި އަންހެނަކު ވަރަށްބޮޑަށް ޒަޚަމްވި ކަަމަށާއި އޭނާ މަރުވެފައިވަނީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ގެންދަނިކޮށް ކަމަށް ވެސް ނޫސްތަކުގައި ބުނެފައި ވެއެވެ.
މަރުވެފައިވަނީ ފިލްމުގެ ޑައިރެކްޓަރ އޮފް ފޮޓޯގްރަފީގެ ގޮތުގައި މަސައްކަތް ކުރަމުން ދިޔަ، އުމުރުން 42 އަހަރުގެ ހެލީނާ ހަޗިންސް ކަމަށާއި އޭނާގެ އިތުރުން ފިލްމުގެ ޑައިރެކްޓަރު، ހޮއޭލް ސޫޒާ، އަށްވެސް ޒަޚަމްތަކެއް ލިބުނު ކަމަށް ވަނީ ބުނެފަ އެވެ.
އެހެންނަމަވެސް ޢުމުރުން 48 އަހަރުގެ ސޫޒާ އަށް މާބޮޑު ޒަޚަމްތަކެއް ލިބިފައި ނުވާ ކަމަށް ނޫސްތަކުގައި ބުނެފައި ވެއެވެ.
މި ހާދިސާ ހިނގިގޮތް ފުލުހުން އިތުރަށް ތަހުގީގު ކުރަމުން އަންނަ އިރު، އެއްވެސް މީހަކާ ދެކޮޅަށް ދައުވާއެއް އުފުލާފައި އަދިނުވާ ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ.
"ރަސްޓް"ގައި ބޯލްޑްވިން ފެނިގެންދަނީ ފިލްމުގެ އިސް ރޯލުން ނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް