އެސްޓީއޯ އިން އެޑްވާންސް ލައިފް ސަޕޯޓް އެންޑް ކްރިޓިކަލް ކެއަރ ޓްރޭނިންގ ޕްރޮގްރާމެއް ނިންމާލައިފި

ސްޓޭޓް ޓްރޭޑިންގ އޯގނައިޒޭޝަން (އެސްޓީއޯ) އިން އެޑްވާންސް ލައިފް ސަޕޯޓް އެންޑް ކްރިޓިކަލް ކެއަރ ޓްރޭނިންގ ޕްރޮގްރާމެއް ނިންމާލައިފި އެވެ. މިއީ އެ ކުންފުންޏާއި އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗ...

22 Oct 2021 | 07:08

ސްޓޭޓް ޓްރޭޑިންގ އޯގނައިޒޭޝަން (އެސްޓީއޯ) އިން އެޑްވާންސް ލައިފް ސަޕޯޓް އެންޑް ކްރިޓިކަލް ކެއަރ ޓްރޭނިންގ ޕްރޮގްރާމެއް ނިންމާލައިފި އެވެ.

މިއީ އެ ކުންފުންޏާއި އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން ގުޅިގެން ބޭއްވި ޕްރޮގްރާމެކެވެ.

އޭއީއެޗް އާއި ފުވައްމުލަކު ހޮސްޕިޓަލުގެ ޑޮކްޓަރުންނާއި ނަރުހުން ބައިވެރިކޮށްގެން ބޭއްވި މި ޕްރޮގުރާމަކީ އެސްޓީއޯ އާއި އޭއީއެޗް އިން ސްޕޮންސަރ ކޮށްގެން ކޯޑް ބްލޫގެ ފަރާތުން ކުރިއަށް ގެންދިޔަ ތަމްރީނު ޕްރޮގްރާމެކެވެ.

ފަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ޕްރޮގުރާމުގައި މައިގަނޑު ތިން ކޯހެއް ކުރިއަށް ގެންގޮސްފައި ވެއެވެ.

އެއީ އެއަރވޭ މެނޭޖްމަންޓް އެންޑް ހީމޯޑައިނަމިކް މޮނިޓަރިންގ، އިމަރޖެންސީ ޓްރޯމަރ ލައިފް ސަޕޯޓް އެންޑް މާސް ކެޝުއަލްޓީ މެނޭޖްމަންޓް އަދި އެޑްވާންސްޑް ކާޑިއޯވެސްކިއުލަރ ލައިފް ސަޕޯޓް އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް