ލިޓަސް އޮޓޯމޯބައިލްގެ ފަރާތުން އެމްއެންޑީއެފް މެޑިކަލް ކޯރއަށް ދެ ސައިކަލު ހަދިޔާކޮށްފި އެވެ.
މި ދެ ސައިކަލަކީ އެމްއެންޑީއެފް ސެނަހިޔަ މިލިޓަރީ ހޮސްޕިޓަލްގެ ފަސްޓް ރެސްޕޮންޑަރުން ހާދިސާތަކުގައި ހަރަކާތްތެރިވުމަށް ލުއި ފަސެހަތަކެއް ހޯދައިދިނުމުގެ ގޮތުން ހަދިޔާ ކުރި ތަކެއްޗެވެ.
ސެނަހިޔަ މިޓަރީ ހޮސްޕިޓަލްގައި ބޭއްވި ރަސްމިއްޔާތުގައި ލިޓަސް އޮޓޯމޯބައިލްގެ ފަރާތުން މި ދެ ސައިކަލު އެމްއެންޑީއެފާއި ހަވާލުކޮށްދެއްވީ އެ ކުންފުނީގެ ޑިރެކްޓަރ އޮފް ސޭލްސް އެންޑް މާކެޓިންގ އާޞިފް ރަޝީދެވެ. އެމްއެންޑީއެފްގެ ފަރާތުން މި ސައިކަލާއި ހަވާލުވެެވަޑައިގެންނެވީ މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ އެވެ.
ލިޓަސް އޮޓޯމޯބައިލުން އެމްއެންޑީއެފް މެޑިކަލް ކޯރއަށް ހަދިޔާކޮށްފައި ވަނީ "ހައޮޖެވް" ބްރޭންޑްގެ ދެ ސައިކަލެވެ.
މިރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަހީމް ޢަބްދުއްލަތީފް ބައިވެރިވަޑައިގެންނެވި އެވެ. އަދި ޖެނެރަލް އޮފިސަރުންނާއި އެމްއެންޑީއެފް މެޑިކަލް ކޯރގެ ސާޖަން ޖެނެރަލް ކާނަލް ޑރ. ޢަލީ ޝާހިދު މުޙައްމަދާއި މެޑިކަލް ކޯރގެ އެހެނިހެން އޮފިސަރުން ވެސް ބައިވެރިވެލެއްވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް