ޗައިނާއިން ހަމަލާދީފި ނަމަ ޓައިވާންގެ ދިފާއުގަ އެމެރިކާ އޮންނާނެ: ބައިޑެން

ހޫނުވަމުން އަންނަ ޗައިނާ އާއި ޓައިވާން މަޝްރަހުގައި އެމެރިކާ އޮންނާނީ ޓައިވާން ދިފާއު ކޮށްދިނުމަށް ތައްޔާރަށް ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވެއްޖެ އެވެ. ޗައިނާއިން އަބަދުވެސް ގަބޫލު ކުރާ ...

22 Oct 2021 | 05:53

ހޫނުވަމުން އަންނަ ޗައިނާ އާއި ޓައިވާން މަޝްރަހުގައި އެމެރިކާ އޮންނާނީ ޓައިވާން ދިފާއު ކޮށްދިނުމަށް ތައްޔާރަށް ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވެއްޖެ އެވެ.

ޗައިނާއިން އަބަދުވެސް ގަބޫލު ކުރާ ގޮތުގައި ޓައިވާނަކީ އެ ގައުމުގެ ޕްރޮވިންސެކެވެ. އެކަމަކު ޓައިވާނުން ދަނީ އެމީހުންނަކީ ވަކި ދައުލަތެއް އޮތް ވަކި ގައުމެއް ކަމަށް އަބަދުވެސް ވަކާލާތު ކުރަމުންނެވެ.

މި ދިޔަ ދެތިން ހަފްތާ ތެރޭގައި ޗައިނާ އާއި ޓައިވާން މަޝްރަހު ހޫނުވެފައިވަނީ ޓައިވާންގެ ވައިގެ ސަރަހައްދުގައި ޗައިނާއިން އަސްކަރީ ޖެޓުތަކެއް ދުއްވާފައިވާތީ އެވެ. މި މައްސަލައިގަ ޗައިނާއިން ބުނީ އެ ގައުމުން އެމީހުންގެ ސަރަހައްދުން ބޭރުގައި އެއްވެސް އަސްކަރީ ޖެޓެއް ދުއްވާފައި ނުވާނެ ކަމަށާއި ޓައިވާނަކީ އެގައުމުގެ ބައެއް ކަމަށެވެ.

މި މައްސަލައިގެ ތެރެއަށް އެމެރިކާ ވަދެ ޓައިވާނަށް ދަނީ ވާގިވެރިވަމުންނެވެ.

ޓައިވާނާއި ޗައިނާ މައްސަލައިގަ ދެކޭ ގޮތާއި ގުޅޭގޮތުން ނޫސްވެރިން ސުވާލު ކުރުމުން ބައިޑެން ވިދާޅުވީ ޓައިވާނަށް ހަމަލާއެއް ދީފި ނަމަ އެމީހުންގެ ދިފާއުގައި މަސައްކަތް ކޮށްދޭނެކަމުގެ ޔަގީންކަން ޓައިވާނަށް ދީފައިވާނެ ކަމަށެވެ. އެ މަސައްކަތް ކޮށްދޭނެ ގޮތުގެ އިތުރު ތަފްސީލް ނުދެއްވަ އެވެ.

ބައިޑަންގެ ވާހަކަފުޅާއި ގުޅިގެން ވައިޓް ހައުސްއިން ބުނީ ޓައިވާނަށް އެއްބާރުލުން ދޭނެ ކަމަށް ބައިޑެން ވިދާޅުވިޔަސް އެއްބާރުލުން ދިނުމުގައި ދެގައުމުގެ ދެމެދުގައި މިހާރުވެސް އަމަލު ކުރަމުންދާ އެއްބަސްވުންތަކުގެ ބޭރުން އިތުރު ކަމެއް ނުހިނގާނެ ކަމަށެވެ.

އެމެރިކާ އާއި ޓައިވާނާ ދެމެދު ސިޔާސީ ގުޅުން ގާއިމްކޮށްފައެއް ނުވެ އެވެ. އެކަމަކު ދެ ގައުމުގެ ދެމެދުގައި ހެދިފައިވާ އެއްބަސްވުމެއްގެ ދަށުން ފެށުނީންސުރެ އެމެރިކާއިން ދަނީ ޓައިވާނަށް އަސްކަރީ ހަތިޔާރު ވިއްކަމުންނެވެ.

އެހެން ކަމުން ބައިޑެން މާނަ ކުރެއްވީ ޗައިނާ އާއި ހަނގުރާމަ ކުރުމަށް ޓައިވާނަށް ހަތިޔާރު ފޯރުކޮށްދިނުން ކަމަށް ވުމަކީ އެކަށީގެންވާ ކަމެއް މަޝްރަހު ދިރާސާ ކުރާ ފަރާތްތަކުން މީޑިއާގައި ބުނެފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް