ޑިޕްރެޝަން އަކީ ވަރަށް ގިނަ ނިޝާންތަކާއި އަލާމާތްތައް ފެންނަ ސީރިއަސް ހާލަތެކެވެ.
މި އަލާމާތްތަކަށް ސަމާލުވާންވީ ތިބާގެ ވަށައިގެންވާ އެހެން މީހުން ޑިޕްރެޝަންގެ ޝިކާރައަކަށް ވެދާނެ ވަގުތުތަކަށް ވެސް ސަމާލުވެވޭނެ ތީ އެވެ. މި ޑިސްއޯޑާއަށް ރަނގަޅު ފަރުވާ ބޭނުންވެ އެވެ. މި ފަރުވާއަކީ ޑިޕްރެޝަންގެ އަލާމާތްތައް މަދުކުރުމަށް ވަރަށް ކާމިޔާބު ފަރުވާ އެކެވެ. ޑިޕްރެޝަންގެ އަލާމާތްތަކާއި ޑިޕްރެޝަން ފާހަގަ ކުރާނެ ގޮތުގެ ތަފުސީލެއް ހޯދަން މި ލިޔުން ކިޔާލާށެވެ.
ޑިޕްރެޝަންގެ ތަޢާރަފެއް
އާންމު ޑިޕްރެޝަން ދިމާވަނީ ހިތާމަވެރި އިހުސާސްތަކެއް ކުރެވި، އޭގެ ސަބަބުން ދުވަސް ހިނގާ ގޮތް ނުވަތަ ރޫޓީން ބަދަލުވުމުންނެވެ. ޑިޕްރެޝަން އަކީ މޫޑް ޑިސްއޯޑާގެ ބާވަތެއް ކަމަށް ބެލެވެ އެވެ.
ޑިޕްރެޝަން މެދުވެރިވަނީ ކީއްވެ؟
ވާރުތަވުން – މީގެ ކުރިން ޑިޕްރެޝަން ހުންނަ ނުވަތަ ޑިޕްރެޝަން ހުންނަ މީހަކު އާއިލާގައި އުޅޭ ނަމަ މި ހާލަތު ތަޖުރިބާ ކުރުމުގެ ފުރުސަތު ބޮޑެވެ.
އެހެނިހެން ސިއްހީ މައްސަލަތައް – އެހެން ސިއްހީ މައްސަލަތައް، ހާއްސަކޮށް ސީރިއަސް ނުވަތަ ދާއިމީ ބައްޔެއް ހުންނަ މީހެއް ކަމަށްވާ ނަމަ، އޭގެ ސަބަބުން ޑިޕްރެޝަން ވެސް ކުރިމަތިވެދާނެ އެވެ.
ކުރިން ހިނގި ހިތާމަވެރި ހާދިސާތައް – ކުރިން ތަޖުރިބާކުރެވުނު ހިތާމަވެރި ހާދިސާތަކުގެ ސަބަބުން ވެސް ޑިޕްރެޝަނަށް މަގުފަހިކުރުވަ އެވެ. އޭގެ ތެރޭގައި ހަޔާތުގެ ކުރީކޮޅު ދިމާވި ކަންކަން ވެސް ހިމެނެ އެވެ.
މަސްތުވާތަކެތި ބޭނުންކުރުން – އެއްވެސް އިރެއްގައި މަސްތުވާތަކެތި ބޭނުންކުރުމަކީ ނުވަތަ ކުރެވިފައި ވުމަކީ ވެސް ޑިޕްރެޝަނުގެ ޝިކާރައަކަށް ވެދާނެ ސަބަބެކެވެ.
ޑިޕްރެޝަންގެ އަލާމާތްތަކަކީ ކޮބާ؟
ޑިޕްރެޝަންގެ އަލާމާތްތައް ވަރަށް ގިނައެވެ. އޭގެ ތެރެއިން މި ފާހަގަކޮށްލަނީ އާންމު އަލާމާތްތައް ކަމަށް ސިއްހީ މާހިރުން ވިދާޅުވާ ކަންކަމެވެ.
ހިތާމަތައް ނުފިލާނެ ކަމަށް ގަބޫލުކުރެވި ކަންބޮޑުވެ ހާސްވުން، ކަންކަމާއި މެދު މާ އަވަހަށް އުންމީދު ކަނޑާލުން، ބޭކާރު އިހްސާސްތަކެއް، އާދަޔާ ޚިލާފަށް ކަންބޮޑުވުން، ލޯބީގައި ނާކާމިޔާބުވުން، މާ ގިނައިން ކެއުން، ނުނިދިގެން އުޅުން،، ކަންކަމަށް ސަމާލުކަން ނުދެވުން ހަކަތަ ނެތުން، ކަމަކާނުލައި އުނދަގޫވުން، ބޮލުގައި ރިހުން، ނުވަތަ ހަށިގަނޑުގައި އެހެން ވޭންތައް އަދި އަމިއްލައަށް މަރުވުމުގެ ފިކުރު ކުރެވުމަކީ ޑިޕްރެޝަންގެ އެންމެ އާންމު އަލާމާތްތަކެވެ.
އަލާމާތްތައް ފެންނަ ނަމަ އެހީ ހޯދަން ލަސްނުކުރައްވާ!
ބަޔާންކުރެވިގެން ދިޔަ އަލާމާތްތަކުގެ ތެރެއިން އެއް އަލާމާތަށްވުރެ ގިނަ އަލާމާތްތައް ހުރިނަމަ ނުވަތަ ފެންނަ ނަމަ އަދި އެއަލާމާތްތަކުގެ ސަބަބުން ތިބާގެ ދިރިއުޅުމަށް އަސަރުކުރާނަމަ، އެހީ ހޯދުމަށް ވިސްނަންވާނެއެވެ. ތިބާއަކީ އެކަށީގެންވާ ވަރަށް ރަނގަޅު މީހެއް ނޫންކަމުގެ އިހުސާސް ކުރެވޭނަމަ ނުވަތަ ތިބާގެ ދިރިއުޅުން އެހާ މުހިންމު ނޫން ކަމަށް އިހްސާސް ކުރެވޭނަމަ މިއީ މީހަކާ ވާހަކަ ދައްކަން ޖެހިދާނެ ކަމުގެ އަލިގަދަ ހެއްކެކެވެ. ތިއިހްސާސްތަކުގެ ސަބަބު ދެނެގަނެ އެންމެ އަޑިއަށް ފީނުމަށްޓަކައި ތެރަޕިސްޓެއްގެ ނުވަތަ ނަފުސާނީ އެހީތެރިއެއްގެ އެހީ ހޯދާށެވެ.
ހަމައެހެންމެ، ތިބާގެ ރޫޓީންތަކާއި އިޙްސާސްތައް ހުރި ގޮތުން ތިބާއަކީ މީގެ ކުޑަ ދުވަސްކޮޅެއް ކުރިީގެ މީހާއަށްވުރެ ތަފާތު މީހެއްކަމަށް އިޙްސާސްކުރެވެން ފަށައިފިނަމަ، މިއީވެސް އެހީ ހޯދުމަށް ވިސްނަން ޖެހޭކަން އަންގައިދޭ ކަމެކެވެ. ނަފްސާނީ ދުޅަހެޔޮކަމަކީ، ޖިސްމާނީ ދުޅަހެޔޮކަމެކޭ އެއް ވަރަށް ފަރުވާތެރިވާން ޖެހޭ ކަމެކެވެ،
ބައިނަލްއަގްވާމީ ތަފާސް ހިސާބުތަކަށް ބަލާއިރު ޑިޕްރެޝަން އަކީ އެޕިޑެމިކް އެކެވެ. 20ގެ އަހަރުތަކުގެ ކުރީކޮޅު ވަކިން ހާއްސަކޮށް ފުރާވަރު ކުދިންނާއި ޒުވާނުން މި ބަލީގެ ނާޒުކު ހާލަތަށް ގޮސްފައި ވެއެވެ. ފުރާވަރު އުމުރުގެ ކުދިންގެ ތެރެއިން 8 އިންސައްތަ ކުދިންނަކީ ޑިޕްރެޝަންގެ ޝިކާރައަކަށްވެފައިވާ ކުދިންނެވެ. މީގެ އިތުރުން ޑިޕްރެޝަންއާ ހަނގުރާމަ ކުރާ ޒުވާނުންގެ ތެރެއިން ތިންބައިކުޅަ އެއްބަޔަށް ވުރެ ގިނަ ޒުވާނުން އެއްގޮތަކަށް ވެސް އެހީ ހޯދަން މަސައްކަތް ނުކުރާ ކަމަށް ވެސް ދިރާސާތަކުން ވަނީ ފެނިފަ އެވެ.
ޖުމްލަގޮތެއްގައި، ކޮންމެ 17 މީހަކުން އެކަކީ، ދިރިއުޅުމުގެ ކޮންމެވެސް ހިސާބެއްގައި މޭޖަރ ޑިޕްރެޝަން ޑިސްއޯޑަރގެ ޝިކާރައަކަށްވެފައިވާ މީހެކެވެ. ޑިޕްރެޝަންގެ ޝިކާރައަކަށްވެފައިވާ މީހުންގެ އަދަދު މި ވަގުތު އެކަނި ވެސް 350 މިލިއަނަށް ވުރެ ގިނަ އެވެ. ދުނިޔޭގައި ނުކުޅެދުންތެރިކަން އެންމެ ބޮޑަށް މެދުވެރިވާ އެއް ސަބަބަކީ މިއީ ކަމަށް ވެސް ވެއެވެ.
އެންވެ މިއީ ކުޑަކަމެކޭ ހީނ ނުކޮށް ސަމާލުވާށެވެ. މި ބަލީގެ ޝިކާރައަކަށް ވެފައިވާ ކަމަށް ބެލެވޭ މީހަކު ހުރި ނަމަ ވާހަކަދައްކާ އެހީތެރިވާށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް