ހިޔާލު ފާޅުކުރުމަށް ޓްރަމްްޕް އަމިއްލަ ސޯޝަލް މީޑިއާ ޕްލެޓް ފޯމެއް ހަދަނީ!

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަމިއްލަ ސޯޝަލް މީޑިއާ ޕްލެޓް ފޯމެއް ހަދަން އުޅޭކަން އިއުލާނު ކުރައްވައިފި އެވެ. ދުނިޔޭގެ މަޝްހޫރު ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ކަމަށްވާ ޓްވިޓާ އާއި ފޭސްބުކު...

22 Oct 2021 | 04:43

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަމިއްލަ ސޯޝަލް މީޑިއާ ޕްލެޓް ފޯމެއް ހަދަން އުޅޭކަން އިއުލާނު ކުރައްވައިފި އެވެ.

ދުނިޔޭގެ މަޝްހޫރު ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ކަމަށްވާ ޓްވިޓާ އާއި ފޭސްބުކުން ޓްރަމްޕް ބޭރުކުރިތާ މިހާރު ނުވަ މަސްވެއްޖެ އެވެ. ޓްރަމްޕް އެ ޕްލެޓްފޯމްތަކުން ބޭރު ކުރީ އެމެރިކާގެ ސިޔާސީ މާޝްރަހު ހޫނުވާގޮތަށް އަނިޔާވެރިކަމާއި ހަމަނުޖެހުމަށް ހިތްވަރު ލިބޭގޮތަށް ފޭސްބުކް ޕޯސްޓުތަކާއި ޓުވީޓު ކުރެއްވުމުންނެވެ.

ޓްރަމްޕް މިދިޔަ ބުދަ ދުވަހު ވަނީ އޭނާގެ ހިޔާލު ފާޅު ކުރުމަށް އަމިއްލަ މީޑިއާ ކުންފުންޏެއް އުފައްދައި އެ ކުންފުނީގެ ދަށުން ސޯޝަލް މީޑިއާ ޕްލެޓްފޯމެއް އުފެއްދުމުގެ ފަހުގެ މަސައްކަތްތައް ކުރަމުންދާކަން އިއުލާނު ކުރައްވާފަ އެވެ. އެ ސޯޝަލް މީޑީއާ ޕްލެޓްފޯމަށް ދީފައިވާ ނަމަކީ "ޓްރުތް ސޯޝަލް" އެވެ.

ޓްރަމްޕް ވިދާޅުވީ އެ ޕްލެޓް ފޯމަކީ ދުނިޔޭގެ އެންމެ ގިނަ ބަޔަކު ބޭނުން ކުރާ އެންމެ މަޝްހޫރު ޕްލެޓްފޯމަށް ވާން ގިނަ ދުވަސް ނުނަގާނެ ކަމަށެވެ.

އިތުރަށް ވިދާޅުވީ އޭނާ އަކީ އެމެރިކާ ރައްޔިތުންގެ އެންމެ މަގުބޫލު ރައީސަށް ވާއިރު އެ ރައީސަށް ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ބޭނުން ނުކުރެވޭއިރު ތޯލިބާނުންނަށް ޓުވިޓާ ފަދަ ޕްލެޓްފޯމްތަކުގައި އުޅުމުގެ ފުރުސަތު އޮތުމަކީ ގަބޫލު ކުރައްވާ ކަމެއް ނޫން ކަމަށެވެ.

ޓްރަމްޕް މިކަން އިއުލާނު ކުރުމާއި އެކު ވަރުގަދަ ބަހުސްތަކެއް ފެށިފައިވާއިރު ދިރާސާ ކުރާ ފަރާތްތަކުން ވަނީ ޓްރަމްޕްގެ "ޓްރުތް" އަށް ޓުވިޓާ އާއި ފޭސްބުކް ހޯދަމުންދާ ވަރުގެ މަގުބޫލުކަމެއް ނުލިބޭނެ ކަމަށް ބުނެފަ އެވެ. އެއީ އެމެރިކާގައި ވެސް އެއް ހިދުމަތެއް ދޭ ދެ ޕްލެޓްފޯމަކަށް އަދިވެސް ގިނަ މީހުންގެ ޝައުގުވެރިކަން ނުހުންނާތީ ކަމަށްބުނެ އެވެ.

އަދި މީގެ ކުރީގެ ޓްރަމްޕް ތަޖުރިބާ ކޮށްފައިވާ ކަންކަމަށް ބަލާއިރުވެސް އެކަން ކާމިޔާބުނުވާނެ ކަން ފެންނާތީ އެވެ.

ޓަރަމްޕާއި ޓީމުން މީގެ ކުރިންވަނީ “ފްރޮމް ދަ ޑެސްކް އޮފް ޑޯނަލްޑް ޖ. ޓްރަމްޕް”ގެ ނަމުގައި ބްލޮގެއް އިފްތިތާހުކޮށްފައި ވެއެވެ. އެހެން ނަމަވެސް، އެހެން ސޯޝަލް މީޑިއާ ޕްލެތްފޯމްތަކުން ލިބޭ ވަރުގެ އޯޑިއެންސެއް ނުލިބުމުން، އެ ބްލޮގް ވަނީ ބަންދުކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް