ސަރުކާރު ހިއްސާވާ އެކިއެކި ކުންފުނިތަކުން އަމިއްލަ ފަރާތްތަކަށް ދަރަނީގެ ގޮތުގައި ދައްކަން ޖެހިފައިވަނީ 1.7 ބިލިއަން ރުފިޔާ ކަމަށް ރައްޔިތުންގެ މަޖިލީހުން ދަރަންޏާ ގުޅޭ ގޮތުން އެކުލަވާލި ރިޕޯޓުގައި ބުނެފި އެވެ.
ބޭރުގެ ފައިނޭންޝިއަލް އިންސްޓިޓިއުޓް ތަކުންނާއި އަދި ގައުމުތަކުން ނަގާފައިވާ ލޯނުތަކާއި ދޫކޮށްފައިވާ ގެރެންޓީތަކާ ގުޅޭ ގޮތުން ވަނީ މުޅި މަޖިލިސް ކޮމިޓީގެ ޖަލްސާއެއް މިދިޔަނ އޮގަސްޓު މަހުން ފެށިގެން ބާއްވަން ފަށައިފަ އެވެ. އެ ކޮމިޓީއަކީ ރައްޔިތުންގެ މަޖިލީހުން ދަރަންޏާ ގުޅޭ ގޮތުން އެކުލަވާލި ރިޕޯޓަށް ބަހުސް ކުރުމުގެ ގޮތުން އުފެއްފދި ކޮމިޓީ އެކެވެ. އެ ރިޕޯޓު އިއްޔެގެ ޖަލްސާގައި ވަނީ މެމްބަރުންގެ ވޯޓުން ފާސްކޮށްފަ އެވެ.
އެ ރިޕޯޓަށް ބަހުސް ކުރުމުގެ ތެރެއިން އިއްޔެގެ ޖަލްސާގައި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ވަނީ ކޮމިޓީގެ މުގައްރިރު، މަޖިލީހުގެ ރައީސް މުހައްމަދު ނަޝިދުގެ ކިބައިން ސަރުކާރުގެ ކުންފުނިތަކުން އަމިއްލަ ފަރާތްތަކަށް ދޭން ޖެހޭ ދަރަނީގެ އަަދަދު ހާމަކޮށް ދިނުމަށް އެދިފަ އެވެ. އެކަން ހާމަކުރައްވާ ނަޝީދު ވިދާޅުވީ. ސަރުކާރު ކުންފުނިތަކުން އަމިއްލަ ފަރާތްތަކަށް ދައްކަން ޖެހިފައިވާ ދަރަންޏަކީީ 1.7 ބިލިއަން ރުފިޔާ ކަމަށެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކުން އަމިއްލަ ފަރާތްތަކަށް ދައްކަން ޖެހޭ ދަރަނީގެ އަދަދު ހާމަ ކުރުމުގެ ކުރިއިރު ނަޝީދު ވަނީ އަމިއްލަ ފަރާތްތަކުން ސަރުކާރު ކުންފުނިތަކަށް ދަރަނީގެ ގޮތުގައި ދައްކަން ޖެހޭ ފައިސާގެ އަދަދު ވެސް ދަރަންޏާ ގުޅޭ ގޮތުން އެކުލަވާލި ރިޕޯޓާ ހަވާލާދީ ހާމަކުރައްވާފަ އެވެ.
ރިޕޯޓުގައި ވާގޮތުން އަމިއްލަ ފަރާތްތަކުން ސަރުކާރަށް ދައްކަން ޖެހޭ ޖުމްލަ ދަރަންޏަކީ 2.4 ބިލިއަން ރުފިޔާ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް