މިީ ރާއްޖެއަށް ދޫނި ހިޖުރަކުރާ މޫސުން، ގޯނާ ކުރާ ނަމަ ފިޔަވަޅު އަޅާނަން: އީޕީއޭ

މިއީ ރާއްޖެއަށް އެކި ގައުމުތަކުން ދޫނި ހިޖުރަކުރާ މޫސުން ކަމަށާއި، ހިޖުރަ ކުރާ ދޫންޏާއި އަދި ހިމާޔަތް ކޮށްފައިވާ ދޫނި ހިފައި އެތަކައްޗަށް ގޯނާ ކުރާނަމަ ފިޔަވަޅު އަޅާނެ ކަމަށް އެންވައިރުމެންޓް ޕްރޮޓެކް...

22 Oct 2020 | 06:25

މިއީ ރާއްޖެއަށް އެކި ގައުމުތަކުން ދޫނި ހިޖުރަކުރާ މޫސުން ކަމަށާއި، ހިޖުރަ ކުރާ ދޫންޏާއި އަދި ހިމާޔަތް ކޮށްފައިވާ ދޫނި ހިފައި އެތަކައްޗަށް ގޯނާ ކުރާނަމަ ފިޔަވަޅު އަޅާނެ ކަމަށް އެންވައިރުމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނެފި އެވެ.

އީޕީއޭއިން ގެޒެޓުގައި ނެރުނު ބަޔާނެއްގައި ބުނީ، އެހެން އަހަރުތަކަކޭ އެއްގޮތަށް މި އަހަރުވެސް ދުނިޔޭގެ އެކިކަންކޮޅުތަކުން ގިނަ ބާވައްތެއްގެ ދޫނި ރާއްޖެ ހިޖުރަ ކުރަމުން އަންނަ ކަމަށެވެ. އަދި ހިޖުރަ ކުރާ ދޫނިތަށް ވަނީ ތިމާވެށި ހިމާޔަތް ކުރުމުގެ ގާނުނުގެ ދަށުން ހިމާޔަތްކޮށްފައި ކަމަށެވެ.

އަދި އެ ގާނޫނާ ހިލާފުވެ ހިޖުރަ ކުރާ ދޫނިތަށް ހިފައި ނުވަތަށް އެއަށް ގޯނާކުރާނަމަ 500 ރުފިޔާއިން ފެށިގެން 50،000 ރުފިޔާ ދެމެދުގެ އަގަގަކުން ގާނޫނާ ހިލާފުވާ ފަރާތް ޖޫރިމާނާ ކުރާނެ ކަމަށެވެ.

އެ ބަޔާނުގައި އީޕީއޭއިން ބުނެފައިވަނީ، ފުޓްބޯޅަ ކުޅޭ ދަނޑުތަކާއި ހާމައަށް ހުންނަ ބިންތަކާއި ހިއްކާފައި ހުންނަ ބިންތަކުގައި މަޅިފައްޗާއި ދަންތުރައާއި އެކި އާލާތްތައް ބޭނުންކޮށްގެން މިފަދަ ދޫނިތައް ހިފާކަމުގެ ޝަކުވާ އީޕީއޭ އަށް މިހާރު ވެސް ލިބެމުންދާ ކަމަށެވެ. އަދި އެގޮތަށް މަޅިފަތި ނުޖެހުމަށާއ، ހިމާޔަތް ކޮށްފައިވާ ދޫނިތަށް ކޮށްޓަކަށް ލައިގެން ނުގެންގުޅުމަށް އީޕީއޭއިން ވަނީ އެދިފަ އެވެ.

އަދި އެ ބަޔާނުގައި ބުނި ގޮތުން ހިޖުރަ ކުރާ ދޫންޏެއްގެ ބިސް ނެގުން ނުވަތަށް ހާއްޔަށް ގޯނާ ކުރުމަކީ ވެސް ތިމާވެށި ހިމާޔަތް ކުރުމުގެ ގާނޫނުގެ ދަށުން އަދަބު ދެވޭނެ ކަމެއް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް