ކުރިއަށް އޮތް ފަސް އަހަރުގެ އޭޑީބީގެ އެހީތެރިކަން ރާއްޖެއަށް ލިބޭނެ

އޭޝިނއަން ޑިވޮލޮޕްމެންޓް ބޭންކް (އޭޑީބީ)ގެ އެހީތެރިކަން ކުރިއަށް އޮފް ފަސް އަހަރުވެސް ރާއްޖެއަށް ލިބޭނެކަމަށް އެ ބޭންކުން ބުނެފި އެވެ. އެ ބޭންކުން މިހާރު އާކޮށްފައިވާ ކަންޓްރީ ޕާޓްނާޝިޕް ސްރްޓެޖެޓީ (ސ...

22 Oct 2020 | 05:48

އޭޝިނއަން ޑިވޮލޮޕްމެންޓް ބޭންކް (އޭޑީބީ)ގެ އެހީތެރިކަން ކުރިއަށް އޮފް ފަސް އަހަރުވެސް ރާއްޖެއަށް ލިބޭނެކަމަށް އެ ބޭންކުން ބުނެފި އެވެ.

އެ ބޭންކުން މިހާރު އާކޮށްފައިވާ ކަންޓްރީ ޕާޓްނާޝިޕް ސްރްޓެޖެޓީ (ސީޕީއެސް)ގެ ދަށުން ރާއްޖެއަށް2024 ވަނަ އަހަރައާ ހަމައަށް އެހީދޭނެ އެވެ. އޭޑީބީއިން ވަނީ ރާއްޖޭގެ އެކިއެކި ދާއިރާތަށް ކުރިއެރުވުމުގެ ގޮތުން އެހީތެރިކަން ފޯރުކޮށްދީފަ އެވެ. އަދި މިހާރު އާކުރި ސީޕީއެސްގެ ދަށުން ރާއްޖެއަށް ދެހެމެހެއްޓެނިވި ތަރައްގީ ފޯރުކޮށް ދިނުމަށް އެހީވާނެ ކަމަށެވެ. އެގޮތުން ޕަބްލިކް ސެކްޓާގެ އެފިޝިއަންސީ އިތުރުކޮށް، ފިސްކަލް ސަސްޓެއިނެބިލިޓީ ހަރުދަނާ ކުރުމާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމުގެ ދާއިރާ އާއި ޓެކްސް އެޑްމިނިސްޓްރޭޝަނާ ބެހޭ ދާއިރާގެ ތަރައްގީ އަށް ކުރިއަށް އޮތް ފަސް އަހަރު އެ ބޭންކުން އެހީ ދޭނެއެވެ.

އޭޑީބީއިން ބުނީ، ކޮވިޑް-19އިގެ ރާއްޖޭގެ އިގްތިސޯދަށް ވެފައިވާ ބަލިމަޑުކަމުން އަރައިގަތުމަށް އެ ބޭންކުން ހާއްސަ އެހީތެރިކަމެއް ފޯރުކޮށްދޭނެ ކަމަށެވެ. އަދި ކޮވިޑުގެ ހާލަތުގައި ވެސް ރާއްޖެއަށް ގިނަގުނަ އެހީތެރިކަން ފޯރުކޮށްދީފައިވާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް