ބޮލީވުޑްގެ ބަތަލް ކާތިކް އާރްޔަންގެ އިސްތަށިގަނޑު މިހާރު ހުރި ގޮތަށް ބަހައްޓައިގެން ފިލްމެއް ކުޅެން ކަމު ނުދާ ކަމަށް ޖާންވީ ކަޕޫރު ބުނެފި އެވެ.
ކޯވިޑް-19 ގެ ލޮކްޑައުންގައި ގިނަ ދުވަހު ހުންނަން ޖެހުމުން ކާތިކް ވަނީ ކުރިން ކުރުކޮށް ކޮށާފައި ހުންނަ އިސްތަށިގަނޑު ކޮންމެސް ވަރަކަށް ދިގުކޮށްލާފައި އެވެ. އޭނާ ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފައިވާ ފޮޓޯގައި ފެންނަނީ ދޮރެއްގެ ކައިރީގައި ހުއްޓިގެން ހުންނަ ތަނެވެ.
އެ ފޮޓޯގައި އޭނާގެ އިސްތަށިގަނޑު ފެންނަނީ ކަނދުރާ އާއި ހަމައަށް ދޮގުކޮށްފައި ހުރި ތަނެވެ. އެ ފޮޓޯ ހިއްސާ ކުރުމަށްފަހު ކާތިކް ވަނީ އެގޮތަށް އިސްތަށިގަނޑު ބަހައްޓައިގެން ފިލްމެއް ކުޅެން ކަމުދޭތޯ ސުވާލުކޮށްފައި އެވެ.
ގިނަ ބަޔަކު ކާތިކްގެ އިސްތަށިގަނޑަށް ގެންނަމުންދާ ބަދަލުތަކަށް ތައުރީފުކޮށްފައިވެ އެވެ. އަދި މަޝްހޫރު ޑައިރެކްޓަރުން ކަމަށްވާ ސަންޖޭ ލީލާ ބަންސާނީމެން ފަދަ މީހުންނަށް އެ ފޮޓޯ ފޮނުވައި ކަމުދޭތޯ ސުވާލު ކުރުމަށް ސަޕޯޓަރުން އެދިފައިވެ އެވެ.
https://www.instagram.com/p/CGkPpOzpFgK/
އެކަމަކު ކާތިކަށް އެންމެ ސީދާ ޖަވާބެއް ދީފައިވަނީ ބަތަލާ ޖާންވީ ކަޕޫރެވެ. އޭނާ ބުނެފައިވާގޮތުގައި ކާތިކްގެ އިސްތަށިގަނޑު ހުރިގޮތުން ފިލްމެއް ކުޅޭކަށް އެއްގޮތަަކަށްވެސް ކަމަކު ނުދާ ކަމަށެވެ. މީގެ ޖަވާބުގައި ކާތިކް ބުނީ ޖާންވީގެ ވިސްނުން އަބަދުވެސް ހުންނަނީ ދެކޮޅަށް ކަމަށެވެ.
އެ ދެމީހުންނަކީ ކުރިން ލޯބީގެ ގޮތުން ގުޅިގެން އުޅުނު ދެ މީހުން ކަމަށް ބުނެ އަޑު ފެތުރުނެވެ. އެ ގުޅުން ކަނޑާލީ ޖާންވީ އާއި ގެން މާބޮޑަށް ކާތިކް އުޅޭތީ ހިތް ހަމަ ނުޖެހިގެން ކެރިއަރަށް އިސްކަން ދިނުމުގެ ގޮތުން ޖާންވީ ކަމަށްވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް