ފްރާންސުގައި ރަސޫލާ ﷺގެ ކާޓޫން ކުރެހި ޓީޗަރެއްގެ ކަރު ބުރިކޮށްލާފައިވާއިރު އެކަމުގެ ބަދަލު ހިފުމުގެ އަމަލެއްގައި މުސްލިމް ދެ އަންހެނަކަށް ހަމަލާ ދީފިއެވެ.
މި ހަމަލާ ދީފައިވަނީ ރޭ އިރުއޮއްސުނު ހާއިރު ފްރާންސްގެ އެއިފެލް ޓަވަރު ކައިރީގައި ތިބި މުސްލިމް ދެ އަންހެނަކަށެވެ.
ބުރުގާ އަޅައިގެން ތިބި މި ދެ އަންހެނުންނަށް ހަމަލާދިނީވެސް ދެ އަންހެނެކެވެ. އެ ހަމަލާ ދީފައިވަނީ "ޑާޓީ އަރަބްސް" އޭ ކިޔާ ހަޅޭއް ލެވުމަށްފަހުގައެވެ.
އެ ހަމަލާގައި ޒަހަމްވެފައިވަނީ ކެންޒާ އަދި އާމެލް ނަމަކަށް ކިޔާ ދެ އަންހެނުންނެވެ. އޭގެ ތެރެއިން އެކެއްގެ ގަޔަށް ހަ ފަހަރު ވަޅި ހަރާފައިވާއިރު މެއަށްވެސް ވަޅި ހަރާފައިވެއެވެ. އަނެއް މީހާގެ އަތް ސަލާމަތްކުރަންޖެހުނީ ބޮޑު އޮޕަރޭޝަނެއް ކޮށްގެންނެވެ.
މި ހަމަލާ ދިން ދެމީހުން މިހާރު ހައްޔަރުކޮށްފައިވާއިރު ފްރާންސުގައި މުސްލިމުންނާއި އެހެން ދީންތަކުގެ މީހުންނާއި މައްސަލަ މިވަނީ ވަރަށް ހޫނުވެފައެވެ.
މި ހޫނު އުފެދުނީ ރަސޫލާ ﷺގެ ކާޓޫނު ކުރަހައި، ދަރިވަރުންތަކަކަށް ދެއްކި ޓީޗަރެއްގެ ކަރު ބުރިކޮށްލި ހަމަލާއާއި ގުޅިގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް