އަހަންނަކީ އާދައިގެ މީހަކީމު: މޯނީ ރޯއި

ބޮލީވުޑް ބަތޮލާ މޯނީ ރޯއީ އަކީ ވަރަށް އާދައިގެ މީހެއް ކަމުގައި އޭނާ ބުނެފިއެވެ. އޭނާ މިހެން ބުނެފައިވަނީ އެއްޗެހި އަތުރާފައިހުރި ހަރެއްކައިރީގައިހުރެ ނަގާފައިވާ ފޮޓޯތަކެއް އޭނާގެ އިންސްޓަގްރާމަށް ޕޯސް...

22 Oct 2020 | 02:05

ބޮލީވުޑް ބަތޮލާ މޯނީ ރޯއީ އަކީ ވަރަށް އާދައިގެ މީހެއް ކަމުގައި އޭނާ ބުނެފިއެވެ.

އޭނާ މިހެން ބުނެފައިވަނީ އެއްޗެހި އަތުރާފައިހުރި ހަރެއްކައިރީގައިހުރެ ނަގާފައިވާ ފޮޓޯތަކެއް އޭނާގެ އިންސްޓަގްރާމަށް ޕޯސްޓްކޮށް އޭގައި ލިޔެފައިވާ ކެޕްޝަންގައެވެ.

"ބިޒީ ވޯލްސް، އޯޑިނަރީ ގާލް" އެ ކެޕްޝަންގައި އޭނާ ބުނެފައިވެއެވެ.

ނަމަވެސް އޭނާގެ މި ބަހަށް އިންޑިއާގެ ބައެއް ނޫސްތަކުން ވަނީ ފާޑުކިޔާފައެވެ. އެގޮތުން ބައެއް ނޫސްތަކުގައި ބުނެފައިވާގޮތުގައި މޯނީ އަކީ އެ ބުނާހާ އޯޑިނަރީ ގާލެއް ނޫން ކަމަށެވެ.

މުޅި ލޮކްޑައުން ހޭދަކޮށްލީ ދުބާއީގައި ކަމަށާއި އެއަށްފަހު އުފަންދުވަސް ފާހަގަކޮށްލީ ރާއްޖޭގައިކަމަށް ފާޑުކިޔާ އެ ނޫސްތަކުން ބުނެފައިވެއެވެ.

އުމުރުން 35 އަހަރުގެ މި ބަތޮލާއަކީ ފިލްމީ ދާއިރާގެ ބަތޮލާއެއްގެ އިތުރުން، ލަވަކިޔުންތެރިއެކެވެ. މޮޑެލް އެކެވެ. އިންޑިއާގެ ޓީވީ ސީރީޒްތަކުގައި މަސައްކަތް ކޮށްފައިވެއެވެ.

ފިލްމީ ދާއިރާގައި މޯނީ މިހާރު ކުރަމުން އަންނަ މަސައްކަތަކީ ބަރައްމަސްތުރައިގެ ޝޫޓިންއެވެ. މިއީ އަމީތާބު ބައްޗަން، ރަންބީރު ކަޕޫރު އަދި އާލިއާ ބަޓު ފެނިގެންދާނެ އަހަރުގެ ބޮޑު ފިލްމެއް ކަމުގައި ބެލެވޭ ފިލްމެކެވެ. ފިލްމު ރިލީޒް ކުރަން ނިންމާފައިވަނީ ހަތަރެއް ޑިސެމްބަރުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް