ހއ.ބާރަށު ސުކޫލުން އިންތިޒާމުކޮށްގެން ބާރަށު ޕޮލިސް ސްޓޭޝަނާ ގުޅިގެން ބާރަށު ސުކޫލުގައި ތައުލީމު ހާސިލުކުރާ ގްރޭޑް 4،3،2،1 އަދި 5 ގެ ދަރިވަރުންނަށް ކުރިއަށް ގެންދިޔަ ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމް ނިންމާލައިފިއެވެ.
ފުލުހުން ބުނެފައިވާގޮތުގައި މި ހިނގާ އޮކްޓޯބަރ މަހުގެ 12 ވަނަ ދުވަހުން ފެށިގެން 21 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމަކީ، ސްކޫލުތަކުގެ ކަރިކިއުލަމްގެ ތެރެއިން ކޮންމެ ކުއްޖަކީވެސް ފަތަން ދަންނަ ކުއްޖަކަށް ހެދުމުގެ ގޮތުން ބާރަށު ސްކޫލުގެ ހެއެދުމުގެ މަތިން، ބާރަށު ޕޮލިސް ސްޓޭޝަނާ ގުޅިގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގައި ފްލޯޓް ކުރުމާއި ކިކްކުރާނެ ގޮތާއި ފެތުމުގައި ބޭނުންކުރާ އެކި ސްޓްރޯކްތައް ދަރިވަރުންނަށް ދަސްކޮށްދީފައިވެއެވެ.
ބާރަށު ހުޅަނގު ފަރާތު މޫދު ސަރަހައްދުގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި ބާރަށު ސްކޫލުގައި ތައުލީމު ހާސިލުކުރާ 120 ދަރިވަރަކު ބައިވެރި ވެފައިވެއެވެ. ކޮންމެ ދުވަހެއްގެ ހެނދުނު ދަންފަޅީގެ ގަޑިތަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި ކިޔަވަދީފައިވަނީ ބާރަށު ޕޮލިސް ސްޓޭޝަނުގެ ފުލުހުންނާއި ހއ.ދިއްދޫ ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ސްވިމިންގ އިންސްޓްރަކްޓަރެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް