މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން)ގެ ރިޕޯޓް ދިފާއުކުރުމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ ހައްދުފަހަނައަޅާ ގޮސްފައި ކަމުގައި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.
ޑރ. ޖަމީލް މިހެން ވިދާޅުވެފައިވަނީ މިހާރު ނޫހުގެ ހަބަރެއްގެ ޓްވީޓެއް ރީޓްވީޓް ކުރައްވައި ކުރެއްވި ޓްވީޓެއްގައެވެ.
"މަޖިލިސް ރައީސް މިވަނީ އެމްޑީއެން ދިފާއުކުރުމުގައި ހައްދުފަހަނައަޅާ ގޮސްފައި" ޑރ. ޖަމީލްގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.
އެ ޓްވީޓްގައި ޑރ. ޖަމީލް އިތުރަށް ވިދާޅުވެފައިވަނީ އެމްޑީއެންގެ އެ ރިޕޯޓާއި ދެކޮޅަށް ވާހަކައްދަކަނީ ރާއްޖޭގައި އިސްލާމް ދީން ނޫން އެހެން ދީނެއް އޮންނަން ބޭނުން ނުވާ މީހުން ކަމަށާއި ދިވެހިންނަށް ލިބިފައިވާ އެންމެ މަތިވެރި ނިއުމަތަކީ އިސްލާމް ދީންކަމާއިމެދު ޝައްކު ނުކުރެއްވުމަށްވެސް ޑރ. ޖަމީލްގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.
https://twitter.com/MJameelAhmed/status/1186643021959499777
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް