ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޖަޕާނުގެ އައު އެމްޕެރާއަށް ތަހުނިޔާ ވިދާޅުވެއްޖެ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އަނބިކަނބަލުން ފަޒްނާ އަޙްމަދު ޖަޕާނުގެ އައު އެމްޕެރާ ހިޒް އިންޕީރިއަލް މެޖެސްޓީ އެމްޕެރާ ނަރުހީޓޯއަށް ތަހުނިޔާ ވިދާޅުވެއްޖެއެވެ. މިއަދު ބޭއްވެވި ޖަ...

22 Oct 2019 | 16:39

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އަނބިކަނބަލުން ފަޒްނާ އަޙްމަދު ޖަޕާނުގެ އައު އެމްޕެރާ ހިޒް އިންޕީރިއަލް މެޖެސްޓީ އެމްޕެރާ ނަރުހީޓޯއަށް ތަހުނިޔާ ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވެވި ޖަޕާނުގެ އައު އެމްޕެރާ ތަޚުތައް އިސްކުރުމުގެ އިޙްތިފާލުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އިތުރުން ދުނިޔޭގެ 170 ޤައުމެއްގެ ޢިއްޒަތްތެރިންނާއި ބައެއް ޤައުމުތަކުގެ އިސްވެރިންނާއެކު ޖުމްލަ 2000 ޢިއްޒަތްތެރިން މިޙަފުލާގައި ބައިވެރިވެ ވަޑައިގެންނެވިއެވެ.

އައު އެމްޕަރާ ތަޚްތަށް އިސްކުރެއްވުމާ ގުޅިގެން ބޭއްވެވި ރަސްމީ ފަރިއްކޮޅުގައިވެސް ދުނިޔޭގެ އެކި ޤައުމުތަކުން ޢިއްޒަތްތެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ. އެގޮތުން ޖަޕާނުގެ ވެރިކަން ހިންގާބާރާއި ޤާނޫނު ހެދުމުގެ ބާރުގެ އިތުރުން އެޤައުމުގެ ޢަދުލު އިންސާފުގެ ބާރުގެ އިސްފަރާތްތަކާއި އެހެނިހެން ބައެއް ޢިއްޒަތްތެރިން ބައިވެރިވެ ވަޑައިގެންނެވި މި ޙަފްލާ ކުރިޔަށްދިޔައީ މުނިފޫހި ފިލުވުމުގެ ބައެއް ޙަރަކާތްތަކާވެސް އެކުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް