ޓެކްނިކަލް މައްސަލަތަކަކާއި ގުޅިގެން ދިރާގު ކަސްޓަމަރުންނަށް މޯބައިލް ޑޭޓާ ބޭނުންކުރުމުގައި ދިމާވެފައިވާ ދަތިތަކަށް ހައްލެއް ގެނެވިފައިވާކަމަށް އެކުންފުނިން ބުނެފިއެވެ.
ދިރާގުން ބުނީ، މިހާރު މައްސަލަ ހައްލުކުރެވިފައިވާ ކަމަށާއި، މިހާރު އެއްވެސް ހުރަހެއްނެތި ދިރާގު ކަސްޓަމަރުންނަށް މޯބައިލް ޑޭޓާ ބޭނުންކުރެވޭނެ ކަމަށެވެ.
https://twitter.com/Dhiraagu/status/1186576459969642496
މިއަދު ހެނދުނުން ފެށިގެން ދިރާގު ކަސްޓަމަރުންނަށް މޯބައިލް ޑޭޓާ ބޭނުންކުރުމުގައި ދަތިތަކަކާއި ވަނީ ކުރިމަތިވެފައެވެ. އެ މައްސަލަތައް ހައްލުކުރަމުން އަންނަ ކަމަށް ދިރާގުން ކުރިން ވަނީ ބުނެފައެވެ. އަދި މައްސަލަ ހައްލުވީ އަވަހަކަށް ކަސްޓަމަރުންނަށް އެކަން އަންގާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.
ކަސްޓަމަރުންގެ ކެތްތެރިކަމަށް ދިރާގުން ވަނީ ޝުކުރު ދަންނަވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް