ޖަޕާނުގެ އައު އެމްޕެރަރ ހިޒް އިންޕީރިއަލް މެޖެސްޓީ އެމްޕެރަރ ނަރުހީޓޯ ރަސްމީގޮތުން ތަޚުތަށް އިސްކުރެއްވުމުގެ އިޙްތިފާލުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހާއި އަނބިކަނބަލުން ފަޒްނާ އަޙްމަދު ބައިވެރިވެވަޑައިގެންފިއެވެ.
އެމްޕަރަރ ނަރުހީޓޯ ތަޚްތަށް އިސްކުރެއްވުމުގެ އިޙްތިފާލުގައި ރާއްޖޭގެ ރައީސްގެ އިތުރުން އެކިއެކި ގައުމުތަކުގެ އެންމެ އިސްވެރިންނާ ޢިތްޒަތްތެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި އިތްޒަތްތެރިންގެ ތެރޭގައި އިނގިރޭސި ވަލީ އަޙްދު ޕްރިންސް ޗާލްސް، ޔޫކްރެއިންގެ ރައީސް ވުލޮޑްމިއަރ ޒެލެންސްކީ އަދި ދެކުނުކޮރެޔާގެ ޕްރައިމް މިނިސްޓަރ ލީ ނަކްޔޮން ހިމެނިވަޑައިގަންނަވައެވެ. މީގެ އިތުރުން ދުނިޔޭގެ 170 ގައުމެއްގެ އިސްބޭފުޅުން ވަނީ މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެވެ.
ޖަޕާނުގެ ރަސްކަމުގެ ތަޙުތު ބަދަލުވުމަކީ ވަރަށް މަދުންނޫނީ ނުފެންނަ ޚާއްޞަ އިޙްތިފާލެކެވެ. މީގެ ކުރިން ހުންނެވި އެމްޕެރަރ ތަޚްތަށް އިސްކުރެވުނީ 7 ޖެނުއަރީ 1989ގައެވެ. އެފަހަރު ބޭއްވި އިޙްތިފާލުގައި ވެސް ދިވެހި ސަރުކާރުން ބައިވެރިވެވަޑައިގެންނެވިއިރު، އޭރު ރައީސް ކަމުގައި ހުންނެވީ މައުމޫން އަބްދުލްޤައްޔޫމެވެ.
ރައީސް ސޯލިހު ޖަޕާނަށް ކުރައްވަމުން މިގެންދަވާ ރަސްމީ ދަތުރުފުޅަކީ ޖަޕާނު ސަރުކާރުގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް